މިދިޔަ މަހު ދައުލަތަށ 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި ޑޮލަރުން އާމްދަނީގެ ގޮތުގައި މިދިޔަ މަހު 102 މިލިއަން ޑޮލަރެވެ.

މިދިޔަ ނޮވެމްބަރު މަހު ދައުލަތުގެ އާމްދަނީ ކުރިން އަންދާޒާ ކުރި ވަރަށްވުރެ 6.7 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އަށް ބަލައިގަތް އާމްދަނީގެ މައްޗަށް ނެރެފައިވާ މިދިޔަ މަހުގެ އާމްދަނީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށ 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި ޑޮލަރުން އާމްދަނީގެ ގޮތުގައި މިދިޔަ މަހު 102 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 84 މިލިއަން ޑޮލަރެވެ.
މި އަހަރުގެ ނޮވެމްބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގެ ޖއެސްޓީ އެވެ. އެއީ %56.1 ނުވަތަ 57.9 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ %12.0 ނުވަތަ 12.4 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 11.4 މިލިއަން ރުފިޔާ %11.0 ޑިޕާޗާ ޓުކުހުގެ ގޮތުގައި 10.7 މިލިއަން ރުފިޔާ (%10.4)، އާމްދަނީން ނަގާ ޓުކުހުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ %4.4 އަދ ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ %2.8 ބަލައިގަނެފައިވެ އެވެ.