ހުޅުމާލެ އެއްމެދު އިމާރާތްތަކުގެ ހުސްޖާގަ އެންމެންނަށް ބޭނުންކުރެވޭނެ ގޮތާމެދު ހިޔާލު ހޯދަނީ

އެޗްޑީސީ އިން ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީއާއެކު އެންމެން ވެސް ބައިވެެރިވުން މުހިންމު ކަމަށެވެ.

ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ހެޖުތެރޭގައި ހެދިފައިވާ ބިޔަ ގަސްތައް އެޗްޑީސީއިން ނަގަނީ -- އެޗްޑީސީ

ހުޅުމާލެ އެއް މެދުއިމާރާތް ނުވަތަ ފްލެޓުތަކުގެ ސަރަހައްދުގައި ހުސް ޖާގަތައް އޮވެ އެވެ. މި ތަންތަނަކީ ގިނަ ބަޔަކަށް އުފާވެރިކަން ލިބޭ ތަންތަނެވެ. އެހެންވެ ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން މިވަނީ އެއްމެދު އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތައް އެންމެންނަށް ހަމަހަމައަށް ބޭނުންކުރެވޭނެހެން ފަރުމާކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލާފަ އެވެ. 

އެޗްޑީސީ އިން ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީއާއެކު އެންމެން ވެސް ބައިވެެރިވުން މުހިންމު ކަމަށެވެ. 

އެ ކުންފުނިން މިމަހުގެ 10 ވަނަ ދުވަހު ވަނީ ޅުމާލޭގައި ތަރައްގީކޮށްފައިވާ އެއްމެދު އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަ ބޭނުންކުރާނެ ގޮތުގެ އުސޫލެއް ހަދާފަ އެވެ. އަދި އެއަށް ހިޔާލު ހޯދަން ވަނީ ހާއްސަ ޕްލެޓްފޯމެއް ހަދާފަ އެވެ. 

އުސޫލު ގެނައި ސަބަބު

  • އެއްމެދު އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތަކުގައި ކުރަން ހުއްދަދެވިފައިވާ ބޭނުންތަކާއި ހަރަކާތްތައް ކަނޑައެޅުން
  • އެއްމެދު އިމާރާތެއްގައި ދިރިއުޅެމުންދާ އަވަށްޓެރިންނާއި ހިނގާ މީހުންނަށް ދަތިނުވާނެ ފަދަ ގޮތަކަށް އި މާރާތުގެ ވަށައިގެންވާ ހުސްޖާގަތައް
  • ޒީނަތްތެރިކޮށް ސާފުތާހިރުކޮށް ބެލެހެއްޓުމާއެކު ތިމާވެށްޓާ ރައްޓެހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ފުރުޞަތު ތަނަވަސްކޮށްދިނުން
  • އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތައް ބޭނުން ކުރާއިރު ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން

އެޗްޑީސީ އިން ވަނީ ފްލެޓުތަކުގެ ކައިރީގައިވާ ހުސްޖާގަ ބޭނުން ކުރެވޭނެ އުސޫލެއް ހަދާފަ އެވެ. 

ހުސްޖާގަ ބޭނުން ކުރެވޭނެ ގޮތް

  •  ޕޮޓުގައި ގަސް އިންދުމަށްފަހު ބެހެއްޓުމަށް ހުސްޖާގަތައް ބޭނުންކުރެވޭނެ
  •  ވާޓިކަލް ގާޑްނިން ކުރިޔަށް ގެންދިއުމަށް މި އުސޫލުގެ ޖަދުވަލު 3 ގައިވާ ގޮތަށް ގަސް ޕޮޓު
  •  ބެހެއްޓުމަށް ހަރު ފަދަ ތަކެތި ބޭނުންކުރެވިދާނެ
  •  މި ގޮތަށް ޕޮޓު ބަހައްޓާނަމަ ބިމުން ފެށިގެން 2 ފޫޓު 4 އިންޗި އަށް ވުރެ ހަރު އުސްވެގެން ނުވާނެ އެވެ އަދި ވަކި ސަރަހައްދެއް ބަންދުވާނޭ
  •  ގޮތަށް ފެންސެއްގެ ގޮތުގައި ގަސް ޕޮޓާއި ހަރު ފަދަ ތަކެތި ބެހެއްޓުމަކީ މަނާ ކަމެއް
  •  ބިންމަތީ އިންދާ ގަސްތައް ފިޔަވައި ހުސްޖާގަތަކުގައި ބަހައްޓާ ތަކެއްޗަކި އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ބަދަލުކުރެވޭ ތަކެތި ކަމުގައި ވާންވާނެ

އެޗްޑީސީ އިން ވަނީ އެ ކުންފުނީގެ ހުއްދައާއިއެކު ހުސްޖާގަތަކުގައި ކުރެވިދާނެ ބައެއް ކަންތައްތައް ވެސް ކަނޑައަޅާފަ އެވެ. 

ހުސް ޖާގާގައި ކުރެވިދާނެ ކަންތައްތައް

  •  އިޖުތިމާޢީ ޙަފްލާ ނުވަތަ އެއްވުންތައް ބޭއްވުން
  •  ކުޑަކުދިން ކުޅޭ ތަންތަން ހެދުން
  •  ކަސްރަތު ކުރާ ތަންތަން ހެދުން
  •  ގޮނޑި ޖޯލި އަދި މޭޒު ފަދަ އިށީނުމަށް ބޭނުންކުރާ ތަކެތި ބެހެއްޓުން
  •  ގަސް ބިންމަތީގައި އިންދުން

އެ ކުންފުނިން ބުނީ މިފަދަ ބޭނުންތަކަށް ހުއްދަދެވޭނީ ހުސްޖާގަތަކުގައި ކުރުމަށް ބޭނުންވާ ކަންތައްތަކުގެ ޕުރޮޕޯސަލެއް
ނުވަތަ ސިޓީ އެއް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ނުވަތަ މެނޭޖްމަންޓް ކޯޕަރޭޝަން އުފައްދާފައި ނުވާނަމަ އެ ސަރަހައްދެއްގެ ވެރިފަރާތްތަކުގެ ތެރެއިން ޖަދުވަލު 5 ގައި ބަޔާންކޮށްފައި އިންސައްތައިގެ ވެރިފަރާތްތަކުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުމަކާއެކު ކޯޕަރޭޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

ހުސްޖާގަތަކުގައި ކުރުން މަނާ ކަންތައްތައް

  •  ހާމަކޮށް އަލިފާން ބޭނުންކޮށްގެން ކުރާކަންތައްތައް ކުރުން
  •  ވަކި ފަރާތެއްގެ އަމިއްލަ ބޭނުމަށް ބޭނުން ކުރުން
  •  އިމާރާތްތަކަށާއި އާންމުނަށް ނުރައްކާވާ ޒާތުގެ ގަސް ބިންމަތީގައި އިންދުން
  •  ކޯޕަރޭޝަންގެ ހުއްދަ ނެތި ހުސްޖާގަތަކުގެ ބިންމަތީގައި ގަސް އިންދުން
  •  ވަކި ފަރާތަކަށް މާލީ މަންފާއެއް ވާފަދަ ކަމެއް ކުރުން ނުވަތަ އެފަދަ ގޮތަކަށް ހުސްޖާގަ ބޭނުންކުރުން
  •  ގުދަން ކުރުން
  •  ކޯޕަރޭޝަންގެ ހުއްދަ ނެތި ވަށައިގެންވާއި ހުސްޖާގަތަކުގެ އެއްވެސް ބައެއް ހިޔާކޮށް ބަންދު ކުރުން
  •  އެއްގަމުގައި ދުއްވާ އުޅަނދު ޕާރކު ކުރުން
  •  އަލިފާން ހިފާނޭ ތަކެތި ބެހެއްޓުން
  •  ކުނި ޖަމާކޮށްފައި ބެހެއްޓުން
  •  އެއްވެސް އިމާރާތަކަށް ވަދެ ނިކުތުމަށް ދަތިވާފަދަ ކަންތައް ކުރުން
  •  ވަށައިގެންވާ ހުސްޖާގަތަކުގައި ފެން އިސްކޫރު ބެހެއްޓުން
  •  ވަށައިގެންވާ ހުސްޖާގަތަކުގައި ކޯޕަރޭޝަންގެ ހުއްދައާއި ނުލައި ގާ އެތުރުނ،ް ތަޅުން އެޅުން ނުވަތަ ކާޕެޓް އެޅުން
  •  ވަށައިގެންވާ ހުސްޖާގަތަކުގައި ފެންސ،ް ބޮލާޑް ބިލްބޯޑު ނުވަތަ ދާ ފަދަ ތަކެތި ޖެހުން
  •  އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތަކުގައި މި ކޯޕަރޭޝަނުން އިންދާފައިވާ ގަސްތައް ނެގުން
  •  މި ކޯޕަރޭޝަންގެ ހުއްދައާއި ނުލާ ގޮނޑި ޖޯލި އަދި މޭޒު ފަދަ އިށީނުމަށް ބޭނުންކުރާ ތަކެތި ބެހެއްޓުން
  •  ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދ،ު ލަވަޖެހުން ނުވަތަ އަޑުގަދަވާފަދަ ކަންކަން ކުރުން
  •  ޤާނޫނާއި ގަވައިދުތަކުން މަނާކުރާ ކަންކަން ކުރުން

އެޗްޑީސީ އިން އެކުލަވާލި އުސޫލުގައި މި ސަރަހައްދުގައި އުޅޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި މި މި އުސޫލާ ހިލާފު ވެއްޖެނަމަ އަޅާނެ ފިޔަވަޅުތައްވެސް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.