ސްޓެލްކޯ ވަޒީފާގައި ނުކުޅެދުންތެރިކަން ހުންނަ 80 މީހަކު

ރާއްޖޭގެ އެންމެ ފުޅާކޮށް ކަރަންޓުގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ސްޓެލްކޯއިން މީގެ ކުރިން ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ 50 މީހަކަށް ވަޒީފާ ހަމަޖައްސައިދީފަ އެވެ. މިއަދު ވަނީ 30 މީހަކަށް ވަޒީފާ ދީފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާގެ ލިޔުން ހަވާލު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތު -- ސްޓެލްކޯ

ސްޓެލްކޯއިން މިއަދު ވަޒީފާއިން 30 މީހުންނާއެކު، އެ ކުންފުނިން ވަޒީފާއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 80 އަށް އަރައިފި އެވެ. 

ސްޓެލްކޯއިން މިއަދު ވަނީ ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާ ހަމަޖެއްސިކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. މި ލިޔުން ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.

ރާއްޖޭގެ އެންމެ ފުޅާކޮށް ކަރަންޓުގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ސްޓެލްކޯއިން މީގެ ކުރިން ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ 50 މީހަކަށް ވަޒީފާ ހަމަޖައްސައިދީފަ އެވެ. އަދި މިއަދު ހަމަޖައްސައިދިން 30 މީހުންނާއެކު ޖުމްލަ ވަޒީފާދިން މީހުންގެ އަދަދު ވަނީ 80 އަށް އިތުރުވެފަ އެވެ. 

މިއަދުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާޙް ރަޝީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދު އެއްގޮތަށް ޤައުމު ތަރައްޤީކުރުމުގެ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި ސްޓެލްކޯއިން ނަމޫނާ ކުންފުންޏެއް ކަމަށެވެ. އަދި މިއަދު ވަޒީފާ ލިބިގެން ދިޔަ މީހުން އެ ކުންފުނިން ހިދުމަތްދޭ 20 ރަށަށް ނިސްބަތްވާ ކަމަށް ސަމާހު ވިދާޅުވި އެވެ. 

ރިޔާސީ ވައުދެއް - މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ މިދިޔަ ދެ އަހަރުގެ ތެރޭގައި 300 އަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަަޒީފާ ދީފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.