ހައުސިން އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ފޫބައްދަން ޗައިނާގެ ބޮޑު އެހީއެއް

ޗައިނާއިން ފޯރުކޮށްދޭ އެހީގެ ތެރޭގައި އޮފީސް ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ހިމެނެ އެވެ.

ޗައިނާގެ އެހީ ދިވެހި ސަރުކާރާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: ފިނޭންސް މިނިސްޓްރީ

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި އިމާރާތެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ޗައިނާ ސަރުކާރުން 2.8 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ. 

މީގެ އަހަރެއްހާ ދުވަސް ކުރިން، ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި ރޯވި އަލިފާންގަނޑު އިންވެގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީއަށް ވެސް ފެތުރި، ބޭނުންނުކުރެވޭ މިންވަރަށް ވަނީ ގެއްލުންތައް ލިބިފަ އެވެ. 

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޗައިނާ ސަރުކާރުގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކޮންގް ޒިންހުއާ އެވެ. 

ދިވެހި ސަރުކާރުގެ ފަރާތުން އެ އެހީ އާ ހަވާލުވެވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ޗައިނާއިން ފޯރުކޮށްދޭ އެހީގެ ތެރޭގައި އޮފީސް ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ހިމެނެ އެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޒަމީރު ވިދާޅުވީ ޗައިނާގެ މި އެހީގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މި އެހީ އާއެކު ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.