މި އެއާލައިންއިން އިއްޔެ 241 މީހުން ފުރާފައިވެ އެވެ. އަދި އެ އެއާލައިނުން ރާއްޖެ އަށް 227 ފަސިންޖަރުން އައިސްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް ހުޅުވައި ހުރިހާ އެއާލައިންތަކެއް އެ ޓާމިނަލަށް ބަދަލު ކުރަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް 30 އެއާލައިނެއް އާ ޓާމިނަލަށް ހިޖުރަކޮށްފި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ ޗައިނާގެ އެންމެ މަޝްހޫރު އެއް އެއާލައިން ކަމަށްވާ ޗައިނާ އީސްޓަން އެއާލައިން އިއްޔެ ވަނީ ޓާމިނަލް ވަންއަށް ހިޖުރަކޮށްފަ އެވެ. މި އެއާލައިންއިން އިއްޔެ 241 މީހުން ފުރާފައިވެ އެވެ. އަދި އެ އެއާލައިނުން ރާއްޖެ އަށް 227 ފަސިންޖަރުން އައިސްފައިވެ އެވެ.
އާ ޓާމިނަލް ހުޅުވުމަށްފަހު އެމްއޭސީއެލް އިން ދަނީ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް ހުރިހާ އެއާލައިނެއް އާ ޓާމިނަލަށް ހިޖުރަކުރަން މަސައްކަތް ކުރަމުންނެވެ. މި ޓާމިނަލްއަކީ ޒަމާނީ ފެންވަރަށް ދުނިޔޭގެ އެންމެ ފުރިހަމަ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ އެއާލައިން އެކެވެ.