ރިސޯޓް މެނޭޖުކުރާނީ އިނގިރޭސިވިލާތުގެ އިނގިރޭސިިވިލާތުގެ އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސްއިން ނެވެ. މި ރިސޯޓުގައި ޖުމްލަ 52 ވިލާ ހުންނާނެ އެވެ.

އިނގިރޭސިިވިލާތުގެ އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ލަގްޒަރި ވިންޓޭޖް ކަލެކްޝަންގެ ރިސޯޓެއްގެ ގޮތުގައި ވަގާލި މޯލްޑިވްސް ރިސޯޓް އަންނަ އަހަރު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ނައުސް ސައިޓްތަކުގައިވާ ގޮތުން ދިވެހި ކުންފުންޏެއް ކަމަށްވާ ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ ވާގަލި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ގުޅިގެން ވާގަލި މޯލްޑިވްސް، ވިންޔެޓް ކަލެކްޝަން ހުޅުވަން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި ރިސޯޓް ހުޅުވަން ތައްޔާރު ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.
މި ރިސޯޓް ތަރައްގީކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސްޕީޑް ލޯންޗެއްފައި 30 މިނިޓުން ދެވޭ ރާސްތާގަ އެވެ. މިއީ ޑައިވިންއަށް އެންމެ ރަނގަޅު ތަންތަން ހިމެނޭ ސަރަޙައްދެވެ. މިއީ މި ރިސޯޓަކީ އައެޗްޖީގެ ލަގްޒަރީ އެންޑް ލައިފްސްޓައިލް ޕޯޓްފޯލިއޯގެ ދަށުން ހުޅުވޭ ތަނެކެވެ. ރާއްޖޭގައި މި ބްރޭންޑުގެ ދެވަނަ ތަނަށް މި ރިސޯޓް ވެގެންދާނެ އެވެ.
ވަގާލީގެ ތާރީހެއް - ވާގަލި އަކީ ވަގާލި އިންވެސްޓްމަންޓުގެ އާއިލީ ރިސޯޓެވެ. މި ރިސޯޓު ނިސްބަތް ވަނީ ޙުސައިން ޝަރީފާއި ފާތިމަތު ނަސީމާ އެވެ. ރިސޯޓް އަލުން ހުޅުވިގެންދާއިރު ރަށުގެ ތާރީހާއި ގުދުރަތީ ރީތިކަމާއި ޘަޤާފީ އަސްލު ރައްކާތެރިކޮށްފައިވެ އެވެ.