ވިސާ އިންފިނިޓް ކާޑްހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސް އާއި އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ފަސޭހަ އަދި ފުރިހަމަ ހިދުމަތެއް ވެސް ލިބޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
މި ކާޑަކީ ރާއްޖެއަށް ތައާރަފް ކުރި ފުރަތަމަ މެޓަލް ކާޑެވެ. މިއީ ރާއްޖެއަށް އެންމެ އީޖާދީ އަދި އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ތައާރަފްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ހާއްސަ ޕްރިވިލެޖްތަކާއެކު ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ ހިދުމަތް ލިބޭ ވަސީލަތްތައްތައް ގާއިމުވެގެން ދިޔުމަކީ ރާއްޖޭގެ މުޖުތަމައުގެ ފުދުންތެރިކަން އިތުރުވަމުންދާއިރު ކަސްޓަމަރުން މިފަދަ ހިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ
ކަމެކެވެ.
ވިސާ އިންފިނިޓް ކާޑަކީ މިފަދަ އުންމީދުތައް ހަގީގަތަކަށް ހަދައިދީ އަދި އެ ކާޑާ ވާދަ ނުކުރެވޭ ވަރުގެ ފައިދާތަކެއް ފޯރުކޮށްދޭ
ކާޑެކެވެ.
ބީއެމްއެލް ސްޕޯކްސް ޕާސަން މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އިން މިއަދު ތައާރަފްކުރި ވިސާ އިންފިނިޓް ކާޑަށް ކޮލިފައިވާނީ މަހެއްގެ މައްޗަށް މަދުވެގެން 127،000 ރުފިޔާގެ އާމްދަނީއެއް ލިބޭ ކަސްޓަމަރުނަ ނަށެވެ. މި ކާޑަކީ ވިސާ ކްރެޑިޓްގެ އެންމެ މަތީ ފެންވަރުގެ ކާޑެކެވެ.
ވިސާ އިންފިނިޓް ކާޑްހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސް އާއި އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ފަސޭހަ އަދި ފުރިހަމަ ހިދުމަތެއް ވެސް ލިބޭނެ އެވެ.
މީގެ ތެރޭގައި ފާސްޓް ޓްރެކް އިމިގްރޭޝަން، ޕާސަނަލައިޒްޑް މީޓް އެންޑް އެސިސިސްޓް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބުމާއެކު، ޕްރަޔޯރިޓީ ރިސަވޭޝަން ހިދުމަތްތަކާއި، ޝެފް ޓޭބަލް އިވެންޓުތަކާއި އާޓް ޝޯ އަދި ކޮންސަޓް ތަކަށް ހާއްސަ އެކްސެސް އަދި ހިލޭ ގޮލްފް ކުޅުމާއި ސްޕާގެ އެންމެ ފުރިހަމަ ހިދުމަތްތަކާއި އެލީޓް ކްލަބް މެމްބަޝިޕް ލިބޭނެ އެވެ.
އަދި މުނިފޫހިފިލުވުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަންތަކާއެކު ފުޑް ޑެލިވަރީ އާއި އެންމެ ކުރިއަރާފައިވާ އޭއައި އެޕްތަކުގެ ހިދުމަތްތަކާއެކު ޑިޖިޓަލް ހިދުމަތްތައް ވެސް ލިބޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވ،ީ ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް މި ކާޑު ތައާރަފްކުރުމަކީ ބޭންކަށް ލިބޭ ފަހުރެއް ކަމަށެވެ.
"މި ކާޑުން ކަސްޓަމަރުންނަށް ހާއްސަ އެކްސްކްލޫސިވް ބެނެފިޓްތަކަކާއި ކަސްޓަމަރުންގެ ލައިފްސްޓައިލްއާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ލަގްޒަރީ ޚިދުމަތްތައް ލިބޭނެ. މި ކާޑު ރާއްޖެ އަށް ތައާރަފުކުރުމުން ދައްކުވައިދެނީ ރާއްޖޭގެ މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން،" ޝަރީފް ވިދާޅުވި އެވެ.
ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު، އަވަންތި ކޮލަމްބަގެ ވިދާޅުވ،ީ މި ކާޑުން އެހެން އެއްވެސް ކާޑަކުން ނުލިބޭ ފައިދާ އާއި ބައިނަލްއަގުވާމީ ޕްރިވިލެޖްތަކާއި އަދި ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.
"ރާއްޖޭގެ ފުރަތަމަ މެޓަލް ކާޑު، ވިސާ އިންފިނިޓް ކާޑުން ޕްރިމިއަމް ޑިޖިޓަލް ތަޖުރިބާގެ އާ ބެންޗްމާކެއް މި ކަނޑައެޅުނ،ީ މިއީ ރާއްޖޭގެ ކަސްޓަމަރުން ވެސް ހާއްސަ ލަގްޒަރީ ޚިދުމަތަކަށް ބޭނުންވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން އިސް ދައުރެއް އަދާކުރާއިރު، 2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރީވެސް ބީއެމްއެލްއިންނެވެ.
އަދި މިދިޔަ އަހަރު، ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ވަނީ ތައާރަފްކޮށްފަ އެވެ.
ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް އަދި ދާދި ފަހުން ތައާރަފްކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް ބޭންކުން އަންނަނީ ދޫކުރަމުންނެވެ.