ޕީއެސްއެމްގެ އާ އެމްޑީއަކަށް ޝަކީބް އައްޔަނުކޮށްފި

ޝަކީބް އަކީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީކަމަށް އައްޔަނުކުރެއްވި ހަތަރު ވަނަ ބޭފުޅާ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރި އަހުމަދު ޝަކީބް. --ފޮޓޯ: ރައީސް އޮފީސް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބް (ޝަކީބްބެ) މިއަދު އައްޔަންކޮށްފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 

ނަސްރީން ފަހުން ވަނީ، ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަމަށް އައްޔަނުކުރައްވައިފަ އެވެ.

ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަނުކުރެއްވި ޝަކީބް އެންމެ ފަހުން ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޕޮޑްކާސްޓް "ރައްޔިތުންނާ އެކު" ހުށަހަޅުއްވައި ދެއްވައިފަ އެވެ. އޭގެކުރިން ޝަކީބް ވަނީ ޓީވީއެމްގެ ތިޔަބޭފުޅުންގެ ފުރުސަތު، އެހާރާއި މިހާރު، އެހަނދާނުގައި، ހޭޔަންބޯގެ އިތުރުން ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ފަދަ ބޮޑެތި ޓީވީ ޝޯތައް ހުށަހަޅުއްވައި ދެއްވައިފަ އެވެ.

ޝަކީބް އަކީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީކަމަށް އައްޔަނުކުރެއްވި ހަތަރު ވަނަ ބޭފުޅާ އެވެ. އެންމެ ފުރަތަމަ އައްޔަން ކުރި ޒީނާ ޒާހިރެވެ. އޭނާ އިސްތިއުފާ ދެއްވުމުން ދެ ވަނައަށް އައްޔަން ކުރީ މުހައްމަދު ސައީދެވެ. ނަސްރީނު އައްޔަނު ކުރެއްވީ ސައީދު އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.