އެގޮތުން އެ ޝިޕްމެންޓުން ޖުމްލަ 10،800 ވޭޕް ކާޓްރިޖް ވަނީ ހޯދައިފަ އެވެ. މިއީ ރާއްޖޭގައި ވޭޕް މަނާކުރިފަހުން މިހާތަނަށް ހޯދުމުނު އެންމެ ބޮޑު ޝިޕްމެންޓް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ރާއްޖެއަށް އެތެރެކުރަން އުޅުނު ބޮޑު ވޭޕް ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ މާލެ ކޮމާޝަލް ހާބަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަލައިފާސްކުރި ޝިޕްމެންޓްގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށެވެ. މި ޝިޕްމަންޓަކީ ކަނޑުމަގުން ރާއްޖެ ގެނައި ތަކެއްޗެވެ.
އެގޮތުން އެ ޝިޕްމެންޓުން ޖުމްލަ 10،800 ވޭޕް ކާޓްރިޖް ވަނީ ހޯދައިފަ އެވެ. މިއީ ރާއްޖޭގައި ވޭޕް މަނާކުރިފަހުން މިހާތަނަށް ހޯދުމުނު އެންމެ ބޮޑު ޝިޕްމެންޓް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާއަށް އާރަނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ ރާއްޖޭގައި ވޭޕް މަނާކުރި ފަހުން މިހާތަނަށް 66،000 އަށްވުރެ ގިނަ ވޭޕް ހިފަހައްޓާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ކަސްޓަމްސްއަކުން ނުދެއެވެ.