ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތުގައި ހިމަނަނީ

ބޭރުގެ އެކި ބެޓިން ސައިޓުތަކާއި އޮންލައިންކޮށް ޖުވާ ކުޅޭ ސައިޓުތައް މެދުވެރިކޮށް، އެކަން ކުރާ ދިވެހިން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޖުވާ ކުޅޭ އެޕްތަކާއި ވެބްސައިޓުތައް ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފައި

ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހަދައި، ގާނޫނުލް އުގޫބާތުގައި ހިމަނަން ނިންމައި، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުވާ ކުޅުމުގެ އިތުރުން، ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ރައީސް ނުދެއްވަ އެވެ.

ބޭރުގެ އެކި ބެޓިން ސައިޓުތަކާއި އޮންލައިންކޮށް ޖުވާ ކުޅޭ ސައިޓުތައް މެދުވެރިކޮށް، އެކަން ކުރާ ދިވެހިން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެފަދަ ސައިޓުތައް ބޮލްކު ކުރުމުގެ މަސައްކަތެއް ވެސް ސަރުކާރުން މީގެ ކުރިން ފެށި އެވެ.

މި އަހަރުގެ ތިން ވަނަ ދައުރު ނިންމައި މަޖިލިސް މި ވަގުތު އޮތީ ޗުއްޓީގަ އެވެ. އަންނަ އަހަރުގެ ފުރަތަމަ ދައުރު ފެބްރުއަރީގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.