ބޮޑު ކަންނެލި މަސްވެރިން ބުނަނީ ބޮޑު އަގު ލިބެން ދެން އިޖުތިޖާޖު ކުރާނެ ކަމަށް

ކަންނެލި މަސްވެރިންގެ އިލްތިމާސަކީ މިފްކޯއަށް ކަންނެލި ގަންނަން ފެށުމާއި ކަންނެލި ކިލޯއެއްގެ އަގު 80ރ. އާއި 100 އާ ދެމެދުގައި ބެހެއްޓުމެވެ.

ބޮޑު ކަންނެލި މަސްވެރިކަމުގެ ދޯންޏެއްގައި އެމީހުންގެ ޝުއޫރުތައް ލިޔެފައި -- ބީކޭއެމްޔޫގެ ފޮޓޯއެއް

ބޮޑު ކަންނެލި މަސްވެރިންނަށް ދޭ އަގު ބޮޑު ކުރަންދެން މުޒާހަރާ ކުރާނެ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފި އެވެ.

ހުޅުމާލެ ކަންނެލި ޖެޓީގައި މުޒާހަރާ ކުރަން އުޅަނދު ފަހަރު ބަނދެގެން ތިބި ކަންނެލި މަސްވެރިންގެ ބުނެފައިވާ ގޮތުގައި ސަރުކާރުން ވަދުއުދުވީ ގޮތަށް ބޮޑު އަގު ލިބެންދެން މުޒާހަރާ ކުރާނެ އެވެ. 

ބީކޭއެމްޔޫ އިން އާއްމުކުރި ވީޑިއޯ އަކަށް ވާހަކަ ދެއްކި މަސްވެރިން ބުނެފައިވާ ގޮތުގައި ބޮޑު ކަންނެލި މަސްވެރިންގެ މައްސަލަ ހައްލު ކުރަން ސަރުކާރަށް ދެ އަހަރު ދިނުމަށްފަހު މިފަހަރު އައީ ކޮޅެއްގައި ޖެހެންދެން އިހުތިޖާޒުގައި ދެމި ތިބޭ ގޮތަށެވެ. 

"ކިތަންމެ ދުވަހެއް ވިޔަސް އަޅުގަނޑުމެން ތިބޭނީ ބީކޭއެމްޔޫގެ ވެރިން ބުނާ ގޮތެއް ހަދައިގެން. ތައްޔާރުވެ މިކަން ނިމެންދެން،" ދޯންޏެއްގެ ވެރިއަކު ބުންޏެވެ. 

ބޮޑު ކަންނެލި ޔޫނިއަންއިން ވާހަކަ ދެއްކި އިސްވެރިއަކު ބުނި ގޮތުގައި މައިގަނޑު އިލްތިމާސްއަކީ އަމިއްލަ ކުންފުނިތަކެއްގެ އަތް މައްޗަށް މި މަސްވެރިކަން ދޫކޮށްލަ ނުބާއްވާ ސަރުކާރުގެ މަސް ކުންފުނިން ކަންނެލި ގަންނަން ފެށުމެވެ. 

"މިފްކޯ އަށް މަސް ގަތުމަކީ އެއް ގޮވާލުން. އަނެއް ގޮވާލުމަކީ ކަންނެލި ކިލޯއެއް 80ރ. އާއި 100ރ. އާ ދެމެދަށް ބަދަލު ކުރުން. އެއީ ރައީސްގެ ވައުދެއް. ބޮޑު ކަންނެލި މަސްވެރިވެރިން 60ރ. އިން ދަށުގަ ހުރެއްޖެނަމަ މި މަަސްވެރިން އުޅޭނީ ފުދިގެން، ނަމަވެސް ނަމަވެސް ކަންނެލި ކިލޯއެއް 35ރ. އަށް ހުރުމަކީ ފުދިގެން އުޅެވޭނެ އަދަދެއް ނޫން،" ވެރިއަކު ބުންޏެވެ. 

މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖުގައި ތިބިއިރު، ސަރުކާރުން ދަނީ ހުޅުމާލެއިން ބިމެއް ނަގައިގެން ކަންނެލި ގަންނަން ފަށާނެ ވަސީލަތްތަކެއް ގާއިމް ކުރަން މަސައްކަތް ފަށަން ވަނީ ތައްޔާރުވެފަ އެވެ. 

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުންދާ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ (އެޕްވެކްސް) ޕްރޮޖެކްޓު ގެ ދަށުން ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ އިތުރުން އިދާރީ އޮފީހެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައިވާކަމަށާ އެކަން ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

ކަންނެލި މަސްވެރިކަމަކީ ކުރިން ރާއްޖޭގައި ފުޅާކޮށް ކުރި މަސްވެރިކަމެކެވެ. ކުރިން ރާއްޖޭގައި 240 ދޯނި މަސްވެރިކަމުގައި އުޅުނެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 100 ވަރަށް ދަށްވެފަ އެވެ. ނަމަވެސް މޫސުމަށް އައި ބަދަލާއެކު މި ކަންނެލިީގެ ސައިޒު ވަނީ ކުދިވެފަ އެވެ. އަދި ސަރުކާރު ކުންފުނތަކުން ރަށްރަށުގައި ތިބި ގިނަ އަދަދެއްގެ ކަންނެލި މަސްވެރިންނަށް ވަޒީފާ ދޭން ފެށުމާއެކު ގިނަ އޮޑިތަކެއް މި މަސްވެރިކަމުން ބޭރުވި އެވެ. އަދި މި މަސްވެރިކަމުގައި މިހާރު ގިނަ އޮޑިފަހަރުގައި ތިބީ ބިދޭސީންނެވެ. މިގޮތުން އޮޑިއެއްގައި އެވްރެޖުކޮށް 13 މަސްވެރިން ތިބޭނަމަ 10 މީހުންނަކީ ބިދޭސީންނެވެ. ދިވެހިންގެ އަދަދު އުޅެނީ ތިނަކާއި ފަހަކާއި ދެމެދުގަ އެވެ. މީގެ ސަބަބުން މި މަސްވެރިކަމުން ލިބޭ އާމްދަނީގެ ބޮޑުބައެއް މިހާރު ދަނީ ރާއްޖޭން ބޭރަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.