ލޯބިވެރިޔާއަށް ވަޅިން ހަމަލާދިން އަންހެން މީހާ ހައްޔަރު ކޮށްފި

ފުލުހުން މިއަދު ބުނެފައި ވަނީ އަންހެން މީހާ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އަންހެން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

ހަމަނުޖެހުމެއްގެ ތެރެއިން ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން އަންހެން މީހާ ހައްޔަރު ކޮށްފި އެވެ.

މާލޭ ގެއެއްގެ ތެރޭގައި ދެ ލޯބިވެރިންގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާއަށް ވަޅިން ހަމަލާދިން މައްސަލައިގައި މިއަދު ހައްޔަރު ކޮށްފައި ވަނީ 32 އަހަރުގެ އަންހެނެކެވެ. 

އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ 64 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ބުރަކައްޓަށް ވަޅި ހަރައި ވަނީ ޒަހަމްކޮށްލާފަ އެވެ. އަންހެން މީހާއަށް ވެސް އެކިވަރުގެ އަނިޔާ ލިބުމުގެ ސަބަބުން ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.

އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ އަންހެން މީހާ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އަންހެން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.