ހުޅުމާލެ ހާފްވޭހައުސް ތެރެއަށް ޑްރަގް ހުރި އެއްޗެއް އެއްލި މީހަކު ހައްޔަރުކޮށްފި

އޭނާ ބަންދުގައި ބެހެއްޓުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ، ސައިކަލެއްގައި ހާފްވޭހައުސް ކައިރިއަށް އައިސް، އެތަނުގެ އެތެރެއަށް އެއްޗެއް އެއްލުމަށްފަހު އެތަނުން ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ.

ހުޅުމާލެ ހާފްވޭހައުސް --

މަސްތުގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު، ހާފްވޭހައުސް ތެރެއަށް މަސްތުވާތަކެތި ހުރި އެއްޗެއް އެއްލި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މާލެ، ހ. ސަނީވޭ، މުހައްމަދު އަޒްލީން 44، އެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ، ސައިކަލެއްގައި ހާފްވޭހައުސް ކައިރިއަށް އައިސް، އެތަނުގެ އެތެރެއަށް އެއްޗެއް އެއްލުމަށްފަހު އެތަނުން ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ.

ނަމަވެސް ކޯޓުގައި އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އެތަނުގައި މަޑުކޮށްލީ އެތާ ހުރި މީހެއްގެ ހާލު އަހައިލުމަށް ކަމަށާއި، އެއަށްފަހު އެތަނުން ގޮސްފައިވާ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.

ތުހުމަތުތަކަށް އޭނާ އިންކާރު ކުރި ނަމަވެސް، ކޯޓުން ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށެވެ. އެހެންކަމުން އޭނާ 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.