އެ ތަންތަނުގެ ތެރެއިން ދެ ތަނެއް ބަންދުކޮށް، ދެން ހުރި ތަންތަނުގައި ރަނގަޅު ކުރަން ހުރި މައްސަލަތައް ފާހަގަކޮށް ނޯޓިސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ރޭ ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)، އިމިގްރޭޝަން އަދި ކަސްޓަމްސްއާ ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ ތަންތަނުގެ ތެރެއިން ދެ ތަނެއް ބަންދުކޮށް، ދެން ހުރި ތަންތަނުގައި ރަނގަޅު ކުރަން ހުރި މައްސަލަތައް ފާހަގަކޮށް ނޯޓިސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބަންދުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ދުންފަތް ވިއްކާކަން ފާހަގަކުރެވުނު ދެ ތަން ކަމަށެވެ. އަދި އެ ތަންތަނުން ދުންފަތުގެ ބާވަތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ވެސް ފުލުހުން ފާހަގަކުރި އެވެ.
އޭގެ އިތުރުންވެސް އިމިގްރޭޝަނުން ރޭ ވަނީ ހަތަރު މަސާޖުޕާލަރެއް ބަލައިފާސްކޮށް، އެތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީންބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.