ރާއްޖޭގެ ފުރަތަމަ ޓައުންޝިޕް ހަދަން 790 މިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓުމަންޓެއް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް މި ފަހުން އިސްލާހެއް ގެނެސްފައިވަނީ، މީހުން ދިރިއުޅެވޭ ގޮތަށް ތަރައްގީކުރާ ޓޫރިޒަމް ޒޯންތަކަށް މަގިފަހިވާ ގޮތަށެވެ.

އަހާ ފޯރަމްގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕެއް ހަދަން، 790 މިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓަކަށް ސަރުކާރުން ހުއްދަ ދީފި އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް މި ފަހުން އިސްލާހެއް ގެނެސްފައިވަނީ، މީހުން ދިރިއުޅެވޭ ގޮތަށް ތަރައްގީކުރާ ޓޫރިޒަމް ޒޯންތަކަށް މަގިފަހިވާ ގޮތަށެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ، މި އިސްލާހުގެ ދަށުން ހަދާ ފުރަތަމަ ޓައުންޝިޕަށް ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށެވެ. 

ސަސްޓެއިނަބްލް ޓައުންޝިޕަކީ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ހިމެނޭ މަޝްރޫއުތަކެކެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު އެވެ. އަދި ސަސްޓެއިނަބުލް ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ އާއެކު، އިގުތިސާދީ އިޖުތިމާއީ އެހެން ދާއިރާތަކަށް ހާއްސަ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.

އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރި ކަމާއި އެކުއާ ކަލްޗާގެ މަސައްކަތް ކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް އަމާޒު ކޮށްގެންނެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ، ރާއްޖޭގެ ގައުމީ ތަރައްގީއަށް އަމާޒުކޮށްގެން އިގުތިސާދީ ކުރިއެރުމަށް ކުރާ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށާއި، އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު ހާމަވާ ކަމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.