ކައުންސިލާއި ޑަބްލިއުޑީސީތަކަށް ޖުމްލަ 1362 މެންބަރުން އިންތިހާބު ކުރާނެ

މިއަދު އާންމުކުރި ވަގުތީ ރިޕޯޓުގައިވާ ގޮތުގައި، 179 ދާއިރާއަކަށް ޖުމްލަ 629 ރަށު ކައުންސިލަރުން އިންތިހާބު ކުރަންޖެހެ އެވެ. އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރަންޖެހެ އެވެ.

މީގެ ކުރިން އޮތް އިންތިހާބެއްގެ ވޯޓު ގުނަނީ -- މިރާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޖުމްލަ 1362 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓުން ދައްކައިފި އެވެ.

މިއަދު އާންމުކުރި ވަގުތީ ރިޕޯޓުގައިވާ ގޮތުގައި، 179 ދާއިރާއަކަށް ޖުމްލަ 629 ރަށު ކައުންސިލަރުން އިންތިހާބު ކުރަންޖެހެ އެވެ. އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރަންޖެހެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ވެސް ރަށްރަށުން 629 މެންބަރުން އިންތިހާބު ކުރަންޖެހޭއިރު، ސިޓީތަކުގެ 47 ދާއިރާއަކަށް 52 މެންބަރުން އިންތިހާބު ކުރަންޖެހެ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، 2000 އަށްވުރެ މަދު އާބާދީތަކުގެ ކައުންސިލަށް އިންތިހާބު ކުރަން ޖެހެނީ ތިން ކައުންސިލަރުންނެވެ. އެއަށްވުރެ ބޮޑު އާދާތީތަކަށް އިންތިހާބު ކުރަނީ ފަސް މެންބަރުންނެވެ.

  •  2000 މީހުންނަށް ވުރެ ކުޑަ އާބާދީތައް - 133 ރަށެއްގައި 399 ކައުންސިލަރުން އަދި 399 ޑަބްލިއުޑީސީ މެންބަރުން އިންތިހާބު ކުރަން ޖެހޭ
  •  2000 އަށްވުރެ ބޮޑު އާބާދީތައް - 46 ރަށެއްގައި 230 ކައުންސިލަރުން އަދި 230 ޑަބްލިއުޑީސީ މެންބަރުން އިންތިހާބު ކުރަން ޖެހޭ

ސިޓީތަކަށް މެންބަރުން އިންތިހާބު ކުރުން 

ކުޅުދުއްށި އަދި ތިނަދޫ ސިޓީ - ރިޕޯޓުގައިވާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގެ ޖުމްލަ އާބާދީ އަކީ 11،110 މީހުންނެވެ. އަދި ތިނަދޫ ސިޓީގެ އާބާދީއަކީ 10،453 މީހުންނެވެ. އެހެންކަމުން ގާނޫނުގެ ދަށުން މި ދެ ސިޓީއަށް އިންތިހާބު ކުރެވޭނީ ކައުންސިލްގެ މޭޔަރާއި، އަންހެން މެންބަރު ހިމެނޭ ގޮތަށް ހަތް ކައުންސިލް ގޮނޑި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ވެސް ދެ ސިޓީގައި ހަތް މެންބަރުން އިންތިހާބު ކުރަންޖެހެ އެވެ.
ފުވައްމުލަކު ސިޓީ - މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުވައްމުލައް ސިޓީގެ ޖުމުލަ އާބާދީއަކީ 13،802 މީހުންނެވެ. ރިޕޯޓުގައި ބުނީ އެ ސިޓީއަކީ އަށް އަވަށެއްގެ މައްޗަށް އެކުލެވޭ ދާއިރާއަކަށްވުމުން، ކޮންމެ އަވަށަކީ ވަކި ރަށެއްގެ ގޮތުގައި ބަލަމުން އައިސްފައިވާތީ، އެ ސިޓީއަށް އިންތިހާބު ކުރާނީ އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތަށް، ކޮންމެ އަވަށަކަށް މެންބަރެކެވެ. އެހެންކަމުން ފުވައްމުލައް ސިޓީއަށް އިންތިހާބު ކުރާނީ ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން ނުވަ ގޮނޑިއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ވެސް މެންބަރުން އިންތިހާބު ކުރާނީ އެ އަދަދަށެވެ.
އައްޑޫ ސިޓީ - އައްޑޫ ސިޓީއިން ހުޅުދޫ އާއި މީދޫ ވަކިކުރުމުން، އެ ދެ ރަށްނުލައި އެ ސިޓީގެ އާބާދީގެ ގޮތުގައި މިހާރު އޮތީ 28،800 މީހުންނެވެ. އެހެންކަމުން އެ ސިޓީއަށް އިންތިހާބު ކުރެވޭނީ ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން 11 ގޮނޑި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ވެސް މެންބަރުން އިންތިހާބު ކުރާނީ އެ އަދަދަށެވެ.
މާލެ ސިޓީ - ރިޕޯޓުގައިވާ ގޮތުގައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް މާލެ ސިޓީގެ ޖުމްލަ އާބާދީއަކީ 83813 މީހުންނެވެ. މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން ގާނޫނުގެ ދަށުން އިންތިޚާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތަށް، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުންނެވެ. އެގޮތުން މާލެއަށް މިދިޔަ އަހަރު މަޖިލީހަށް ކަނޑައަޅާފައިވާ 17 ދާއިރާއިން، ކޮންމެ ދާއިރާއަކުން މެންބަރަކާއި މޭޔަރު ހިމެނޭހެން، މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކުރެވޭނީ ޖުމުލަ 18 މެންބަރުންނެވެ. ސިޓީ ކައުންސިލަށް އިންތިހާބުކުރާ 17 މެންބަރުންގެ ތެރޭގައި ހަ އަންހެން ކައުންސިލަރުން ހިމަނަންޖެހެ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ މި ރިޕޯޓަށް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.