އެމްއެންއޭސީއައި ބިލްޑާސް އެވޯޑްސް | ޕްލެޓިނަމް ޕާޓްނަރަކަށް ހަރިމް

މި އެވޯޑު ހަލްފާ އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެމްއެންއޭސީއައި ބިލްޑާ އެވޯޑްސް ފުރަތަމަ ބާއްވާފައިވަނީ ޑިސެމްބަރު 2023 ގައެވެ. މި އެވޯޑުތައް ބާއްވަމުން އަންނަނީ ކޮންމެ ދެ އަހަރަކުން އެއް ފަހަރު އެވެ.

ރާއްޖޭގެ ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ "އެމްއެންއޭސީއައި ބިލްޑާ އެވޯޑް 2025" ގެ ޕްލެޓިނަމް ޕާޓްނަރަކަށް ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސް މޯލްޑިވްސް (ހަރިމް) ހަމަޖައްސައިފި އެވެ. 

އެމްއެންއޭސީއައި ބިލްޑާ އެވޯޑް އިންތިޒާމު ކުރާ ކުންފުނިން ބުނީ ޕްލެޓިނަމް ސްޕޮންސަރު ކަމަށްވާ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސް މޯލްޑިވްސްއަކީ ރާއްޖޭގެ ކުރިއަރަމުންދާ ޢިމާރާތްކުރުމުގެ އަދި އިންފްރާސްޓްރަކްޗާ ދާއިރާގައި އެންމެ ކުރިއަރާފައިވާ ކުންފުންޏެކެވެ. 

އެމްއެންއޭސީއައި ބިލްޑާ އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި އޮތީ މިމަހުގެ 30 ގެ ނިޔަލަށެވެ. ނަމަވެސް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.

މި އެވޯޑު ހަލްފާ އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެމްއެންއޭސީއައި ބިލްޑާ އެވޯޑްސް ފުރަތަމަ ބާއްވާފައިވަނީ ޑިސެމްބަރު 2023 ގައެވެ. މި އެވޯޑުތައް ބާއްވަމުން އަންނަނީ ކޮންމެ ދެ އަހަރަކުން އެއް ފަހަރު އެވެ. 

އެވޯޑުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ހިތްވަރުދިނުމެވެ. މިގޮތުން ހަތަރު ގިންތިއަކުން އެވޯޑު ދޭނެ އެވެ.

އެމްއެންއޭސީއައި ބިލްޑަ އެވޯޑް 2025 ގައި 19 ކެޓަގަރީއަކުން އެވޯޑު ދޭނެ އެވެ. މި އެވޯޑު އެކި ދާއިރާތަކުން ދޭނެ އެވެ. އެގޮތުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އަދި އެ ދާއިރާގެ އައު އުފެއްދުންތައް ތައާރަފުކުރާ ފަރާތްތައްވެސް ހިމެނެ އެވެ. މީގެ އިތުރުން އެންމެ ހާއްސަ އެއް އެވޯޑަކީ އެމްއެންއޭސީއައި ޕްރެސިޑެންޓް ސްޕެޝަލް އެވޯޑެވެ.

އެވޯޑް ދޭނެ ކެޓަގަރީތައް

  •  ކޮންޓްރެކްޓާ އޮފް ދަ އިޔާ
  •  އެސްއެމްއީ ކޮންޓްރެކްޓާ އޮފް ދަ އިޔާ
  •  ރިޒޯޓް ކޮންޓްރެކްޓާ އޮފް ދަ އިޔާ
  •  ރިއަލް އެސްޓޭޓް ކޮންޓްރެކްޓާ އޮފް ދަ އިޔާ
  •  އިންފްރާސްޓްރަކްޗާ ކޮންޓްރެކްޓާ އޮފް ދަ އިޔ
  •  މެރިން ކޮންޓްރެކްޓާ އޮފް ދަ އިޔާ
  •  ފޮރިން ކޮންޓްރެކްޓާ އޮފް ދަ އިޔާ
  •  އާކިޓެކްޗަރަލް އެންޑް ޑިޒައިން ފާމް އޮފް ދަ އިޔާ
  •  އިންޖިނިއަރިން އެންޑް ސްޕެޝަލިސްޓް ކޮންސަލްޓަންޓް އޮފް ދަ އިޔާ
  •  ޕްރޮޖެކްޓް މެނޭޖްމަންޓް ފާމް އޮފް ދަ އިޔާ
  •  ލޮޖިސްޓިކްސް އެންޑް ޓްރާންސްޕޯޓް ފާމް އޮފް ދަ އިޔާ
  •  ކޮންސްޓްރަކްޝަން ސަޕްލަޔާ އޮފް ދަ އިޔާ
  •  ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ
  •  ޕްރޮޖެކްޓް ޑެލިވަރީ އެކްސެލެންސް އެވޯޑް
  •  ކޮންސްޓްރަކްޝަން ޕްރޮޑަކްޓް އިންނޮވޭޝަން އެވޯޑް
  •  ޔަންގް ބިލްޑާ އެވޯޑް 2025
  •  އައުޓްސްޓޭންޑިން ވުމަން ލީޑާ އިން ކޮންސްޓްރަކްޝަން އެވޯޑް 2025
  •  ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 2025
  •  އެމްއެންއޭސީއައި ޕްރެޒިޑެންޓްސް ސްޕެޝަލް އެވޯޑް 2025

މި އަހަރުގެ އެވޯޑުގައި ފާހަގަކޮށްވެލޭ ވަނަތަކުގެ ތެރޭގައި އެސްއެމްއީ ކޮންޓްރެކްޓަރ އޮފް ދަ އިޔާ އާއި ރިޒޯޓް ކޮންޓްރެކްޓާ އޮފް ދަ އިޔާ އަދި ޔަންގް ބިލްޑާ އެވޯޑް ވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.