ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓް ނިންމައި، ހުޅުވާލައިފި

ދެ ވަނަ ސެގްމެންޓުގައި ހަދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތް ނިންމައި އަލުން ހުޅުވައިލި ސަރަހައްދު. --ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ އިން ކުރިއަށް ގެންދާ ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލު ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިންމައި، އެ ސަރަހައްދު އާންމުންނަށް ހުޅުވާލައިފި އެވެ. 

މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ތާރު އަޅައިގެން ހެދުމަށް މިދިޔަ އޯގަސްޓު މަހު ފެށި މަސައްކަތް ނިންމައި، ހުޅުވާފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކުރުމަށްފަހު އެވެ. 

ދެ ވަނަ ސެގްމެންޓުގައި ހަދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދުގެ ވެސް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތް ނިންމައި އަލުން ހުޅުވައިލި ސަރަހައްދު. --ފޮޓޯ: އެމްޓީސީސީ

މި ބައި، އަންނަ ރޯދަ މަހުގެ ކުރިން ނިންމުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފައިފަ އެވެ. 

އެމްޓީސީސީ އިން މި މަސައްކަތް ފުރިހަމަ ކޮށް ނިމޭއިރު، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގައި ތާރު އަޅާނެ އެވެ. މީގެ އިތުރުން މަގު ފުޅާކޮށް އެއްގަމު ތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް ބަދަލު ކުރާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމްކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރާނެ އެވެ. މި މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ. އަދި މި މަސައްކަތް 455 ދުވަސް ތެރޭގައި ނިންމާލާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.