ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރު ކޮށްފި

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ފުލުހެއް ކަމަށްވާ އދ. ދިގުރަށް، ޝަބުނަމީގެ، މުނައްވަރު އާދަަމް 39، އެވެ. އޭނާއަކީ ލުހުންގެ ސީނިއާ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެކެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ސިނގިރޭޓުތަކެއް ހިފަހައްޓައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭގެތެރެއިން ސިނގިރޭޓު ކާޓަންތަކެއް "ގެއްލުނު" މައްސަލައިގައި ފުލުހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ފުލުހެއް ކަމަށްވާ އދ. ދިގުރަށް، ޝަބުނަމީގެ، މުނައްވަރު އާދަަމް 39، އެވެ. އޭނާ އަކީ ލުހުންގެ ސީނިއާ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެކެވެ.

ފުލުހުން މިރޭ ބުނީ މި މައްސަލައާ ގުޅިގެން މުނައްވަރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން މި މައްސަލައިގެ މައުލޫމާތު ދެމުން ބުނީ ގަވައިދާ ހިލާފަށް އެތެރެކުރުމުގެ ތުހުމަތުގައި 32 ކާޓަން ސިނގިރޭޓު ހިފަހައްޓައި، ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓަން ސިނގިރޭޓު މަދުވެފައިވާ ކަމަށެވެ.

މި ސިނގިރޭޓުތަކަކީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގައި އަތުން ފުލުހުން ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓުތަކެކެވެ.

އެ ހަ ކާޓަން ސިނގިރޭޓު މަދުވިކަން އެނގުނީ، މިދިޔަ މަހުގެ 12 ވަނަ ދުވަހު އެ ސިނގިރޭޓުތައް ކަސްޓަމްސް އާ ހަވާލުކުރަން ބެލި ބެލުމުގެ ތެރެއިންނެވެ.

އެ މައްސަލަ ބަލަމުން ދަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު، ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބަލުމުގެ ދަށަށް ގެނެސްފައިވާ 25 ކާޓަން ސިނގިރޭޓު މަދުކަން ވެސް ފުލުހުންނަށް ވަނީ ފާހަގަކުރެވިފަ އެވެ.

މި 25 ކާޓަން ސިނގިރޭޓު ވެސް ބަހައްޓާފައި ހުރީ ވިލިމާލެ ޕޮލިސް ސްޓޭޝަންގަ އެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.