މި ވަސީލަތް ގާއިމް ކުރަނީ ރަށުގެ ވަޒީފާދާރުންނަށް ވަޒީފާ އުފެދިގެންދާނެ އެވެ. އަދި މަސައްކަތްތެރިންނަށް ތަމްރީނުދިނުމާއި ހުނަރު އިތުރު ވެެެގެންދާނެ އެވެ.
މާފުށީ އުމްރާނީ ތަރައްގީ އާއި ވިޔަފާރީގެ މަސައްކަތްތައް ހަލުވި ކުރަން ކައުންސިލް ކުންފުނިން ކޮންކްރީޓް ބެޗިން ޕްލާންޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
މާފުށި ލޯކަލް އޮތޯރިޓީ ކުންފުނިން ވަނީ އެ ރަށުގައި ރެޑީ-މިކްސް ކޮންކްރީޓް ބެޗިން ޕްލާންޓެއް ގާއިމުކުރުމާއި ހިންގުމަށް ޝަރުތު ހަމަވާ އަދި ތަޖުރިބާ ހުރި ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލާފަ އެވެ. މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތި ލުމުގެ ސުން ގަޑިއަކީ މިމަހު 15 ވަނަ ދުވަހުގެ 1:00 ގެ ނިޔަލަށެވެ.
މާފުށި ކައުންސިލް ކުންފުނިން ބުނީ މި ފެސިލިޓީއާއެކު ވޯކްޝޮޕް އަދި މަރާމާތުކުރާ ސަރަޙައްދަކާއި ކޮލިޓީ ކޮންޓްރޯލް އަދި ޓެސްޓުކުރުމަށް ލެބޯރެޓަރީ އަދި އޮފީސް އަދި އޮޕަރޭޓަރުންގެ ކެބިންއެއް ހުންނަން ޖެހެ އެވެ.
މާފުށި ކައުންސިލު ކުންފުނިން ދަނީ އެ ރަށުގައި އުމްރާނީ ތަރައްގީގެ ގިނަ ވަސީލްތަކެއް ގާއިމް ކުރަމުންނެވެ. މިގޮތުން ރަށުގެ ބީޗްއަށް ވެލިއަޅަން ހާއްސަ ވަސީލަތްތަކެއް ވެސް ގާއިމްކޮށްފަ އެވެ.