އެތަނުގެ ބަދިގެ ހަދާފައި ހުރީ ފާހާނާތެރޭގަ އެވެ. ފާހާހާ ތަށި ކައިރީ ކުޑަ މޭޒެއް ބަހައްޓާފައި ހުރިއިރު، އޭގެ މަތީގައި ގޭސް އުނދުނެއް ބަހައްޓާފައި ހުއްޓެވެ. އަދި އެތަނުގެ މަތީގައި ކައްކަން ގެންގުޅޭ ތަވާފަދަ ތަކެތި އަޅުވާފައި ވެސް ހުއްޓެވެ.

އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރީ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް މޯލްޑިވްސް އިމިގްރޭޝަނުން ބަލައި ފާސްކޮށް، ބިދޭސީންތަކެއް ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އިކޮނިމިކް މިނިސްޓްރީއާ ގުޅިގެން އިމިގްރޭޝަނުން ރޭ ހިންގި އޮޕަރޭޝަނުގައި، ފުޅާ ދާއިރާއެއްގައި ބިދޭސީންތަކެއް ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ތަނެއް ރެއިޑުކޮށްފައިވެ އެވެ. އިމިގްރޭޝަނުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާތަކެތި ބަންދު ކުރަމުން ދިޔައީ އެމީހުން ނިދާ ވަރަށް ކުޑަކުޑަ ކޮޓަރިއެއްގަ އެވެ.

އެތަނުގެ ބަދިގެ ހަދާފައި ހުރީ ފާހާނާތެރޭގަ އެވެ. ފާހާހާ ތަށި ކައިރީ ކުޑަ މޭޒެއް ބަހައްޓާފައި ހުރިއިރު، އޭގެ މަތީގައި ގޭސް އުނދުނެއް ބަހައްޓާފައި ހުއްޓެވެ. އެ ގޭސް އުނދުން މަތީގައި އޭރު ވެސް ކޮންމެ އެއްޗެއް ކައްކާފައި ހުރި ތެއްޔެއް ވެސް ހުއްޓެވެ. އަދި އެތަނުގެ މަތީގައި ކައްކަން ގެންގުޅޭ ތަވާފަދަ ތަކެތި އަޅުވާފައި ވެސް ހުއްޓެވެ.
އެމީހުން ދިރިއުޅޭ ކޮޓަރިތެރޭގައި އިމިގްރޭޝަނުން ދިޔައިރު ވެސް ތިބީ ކާތަކެތި ޕެކެޓު ކުރާށެވެ. ބޮޑެތި ތަށި ތަށީގައި ކާއެއްޗެހި ހުރީ ޕެކްކުރަން ތައްޔާރު ކޮށްފަ އެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ވެސް ބަލައި ފާސްކޮށްފަ އެވެ. އަދި އެތަނުގައި ގަވާއިދާ ހިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން ދިޔަ 18 ބިދޭސީއަކު ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިމިގްރޭޝަނުން ދަނީ މިގޮތަށް ގަވާއިދާ ހިލާފަށް އަދި ސާފުތާހިރުކަން ކުޑަ ކާބޯތަކެތި ހަދާ ތަންތަން ރެއިޑު ކުރަމުންނެވެ. އެފަދަ ބިދޭސީން އަތުލައިގަނެ، ޑީޕޯޓު ކުރަމުންނެވެ.