މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2,059,962 މިލިއަން ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރު އައި 1,871,368 މިލިއަން މީހުންނާ އަޅާބަލާއިރު 188,594 އިތުރުވުމެކެވެ. މިއީ ޕަސެންޓޭޖުން ބަލާނަމަ 10 ޕަސެންޓުގެ ކުރިއެރުމެކެވެ.

މދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި ދެ މިލިއަން ޓޫރިސްޓުންގެ ޓާގެޓު މުގުރާލުމަށްފަހު، ޓޫރިޒަމް އާ ޓެގެޓަކަށްދާއިރު މިހާތަނަށް ޓޫރިސްޓުން އަންނަ އަދަދު އުޅެނީ 188,594 މީހުން ކުރީގަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2,059,962 މިލިއަން ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރު އައި 1,871,368 މިލިއަން މީހުންނާ އަޅާބަލާއިރު 188,594 އިތުރުވުމެކެވެ. މިއީ ޕަސެންޓޭޖުން ބަލާނަމަ 10 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެ މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް ޒިޔާރަތް ކުރީ 37,901 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައި 33,733 ޓޫރިސްޓުންނާ އަޅާބަލާއިރު 12.4 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ މިހާތަނަށް ބަލާއިރު އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އަދި ދެވަނާގައި އޮތީ ރަޝިއާ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދުވާލެއްގ މައްޗަށް އަންނަ ކަމަށް ދައްކަނީ 6,059 ޓޫރިސްޓުންނެވެ.
މި އަހަރު ދެ މިލިއަން ހަމަވެފައިވާއިރު ސަރުކާރުން ބުނެފައިވަނީ މި އަހަރު 2.2 މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށެވެ. އަދި މި އަހަރު މިދިޔަ އަހަރަށްވުރެ ޓޫރިޒަމަށް ލިބޭ އާމްދަނީ 15 ޕަސެންޓް އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ.