ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ހަވަނަ ފަހަރަށް ރާއްޖޭން ދިފާއުކޮށްފި

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި ދެ މަގާމުކަމަށްވާ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން ހަވަނަ އަހަރު އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ދެވަނަ ފަހަރަށް ރާއްޖެއިން ވަނީ ދިފާއުކޮށްފި އެވެ.

ރާއްޖޭން ދިފާއިކުރި ދެ އެވޯޑު --

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި ދެ މަގާމުކަމަށްވާ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން ހަވަނަ އަހަރު އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ދެވަނަ ފަހަރަށް ރާއްޖެއިން ދިފާއުކޮށްފި އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި ދެ މަގާމުކަމަށްވާ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން ހަވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އޮތް އިތުބާރު ވަރުގަދަވެ، ރާއްޖެއަކީ މުޅި ދުނިޔެ ބަލައިގަންނަ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރުލިބޭނެ މުހިންމު ކާމިޔާބީއެއް ކަމަށެވެ. 

އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ދެވަނަ އަހަރު ރާއްޖެއިން ކާމިޔާބުކުރުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުން ކުރާ މަސައްކަތްތައް ރަމްޒުކޮށްދީ މި މަސައްކަތުގައި ދެމިތިބުމަށް އިތުރަށް ހިތްވަރު ލިބޭނެ މުހިންމު ކާމިޔާބީއެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

މި ކާމިޔާބީތައް ރާއްޖެއިން ހާސިލްކޮށްފައިވާއިރު، މިއަހަރަކީ ވެސް ފަތުރުވެރިކަމުގެ ރޮނގުން ރާއްޖެއިން މުހިންމު ރެކޯޑުތަކެއް ގާއިމްކޮށްފައިވާ އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ދެމިލިއަން ފަތުރުވެރިން ޒިޔާރަތްކުރި މުއްދަތަށްވުރެ މަހެއްހާ ދުވަސް ކުރިން މިއަހަރުގެ ދެމިލިއަން ފަތުރުވެރިންގެ އަމާޒު ވަނީ ހާސިލް ވެފަ އެވެ. މިހާރު ރާއްޖެއިން ދަތުރުކުރަމުން އަންނަނީ 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށެވެ.

ރާއްޖެއިން ވޯލްޑް ޓްރެވަލް އެވޯޑްގެ ޝަރަފްވެރި ދެ މަގާމު ކާމިޔާބުކޮށްފައިވާއިރު، ސަރަހައްދީ ތިން އެވޯޑެއްވެސް ރާއްޖެއަށާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ވަނީ ލިބިފަ އެވެ. އެއީ؛

  •  އިންޑިއަން އޯޝަންސް ބެސްޓް މައިސް ޑެސްޓިނޭޝަން 2025: މޯލްޑިވްސް
  •  އިންޑިއަން އޯޝަންސް ބެސްޓް އިންސެންޓިވް ޑެސްޓިނޭޝަން 2025: މާލެ
  •   އިންޑިއަން އޯޝަންސް ބެސްޓް ޓޫރިޒަމް އޮތޯރިޓީ ވެބްސައިޓް: VisitMaldives.com

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލުތަކެއް ވާދަކުރެ އެވެ. މި އެވޯޑު ކާމިޔާބުކުރާ ފަރާތްތައް ހޮވަނީ ސިނާއަތުގެ ތަޖުރިބާކާރުންނާއި، މުޅި ދުނިޔެއަށް ހުޅުވާލައިގެން ނެގޭ ވޯޓަކުންނެވެ. މިއީ ފަތުރުވެރިކަމުގެ މަންޒިލުތަކުގެ ފެންވަރު ވަޒަން ކުރުމުގައި ވެސް ގިނަ ބަޔަކު ބަލައިގަންނަ އެއް މިންގަނޑެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.