މީހެއްގެ ވައިބާ ހެކްކޮށް، ފައިސާ ފޭރުނު މީހަކު ހައްޔަރު ކޮށްފި

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް އެނިފައިވާ ގޮތުގައި، އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި، އެފައިސާގެ ތެރެއިން 75،000 ރުފިޔާ އޭނާ ނަގާފައިވާ ކަމަށެވެ.

މަކަރާ ހީލަތުން ފައިސާ ހޯދި މައްސަލައިގައި ހައްޔަރު ކުރި މީހާ --

މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި، މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށްވުގެ ގިނަ ފައިސާ ފޭރުނު މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހައްޔަރު ކޮށްފައި ވަނީ މާލެ، ގ. މާލޭހިޔާ 1-16-03، އަހުމަދު ހައްސާން 33، އެވެ. 

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް އެނިފައިވާ ގޮތުގައި، އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި، އެފައިސާގެ ތެރެއިން 75،000 ރުފިޔާ އޭނާ ނަގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އަހުމަދު ހައްސާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.