ދެކުނަށް ވިއްސާރަ، ތިނަދޫގައި ފެންބޮޑުވެ ގެއްލުން

ގޭގެއަށް ފެން ވަދެ، ތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. ކޮޓަރިތަކަށް ވެސް ފެން ވަދެ، އަލަމާރި އާއި ނިދާ އެނދަށް ވެސް ބައެއް ގޭގޭގައި ގެއްލުން ލިބިފައިވެ އެވެ.

މޫސުން ގޯސްވެ، ގދ. ތިނަދޫގައި ފެންބޮޑުވެފައި -- ފޮޓޯ: އެމްއެންޑީއެފް

ރޭ ދަންވަރުން ފެށިގެން ގދ. ތިނަދޫއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގޭގެއާއި އޮފީސްތަކަށް ގެއްލުން ވެއްޖެ އެވެ.

ތިނަދޫ ސިޓީ ކައުންސިލުން ބުނީ ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނާ ހަމައަށް މެދުކެނޑުމެއް ނެތި ކުރަމުންދިޔާ ވިއްސާރައިގެ ސަބަބުން އާންމު ގެތަކަށާއި، ސަރުކާރުގެ ބައެއް ތަންތަން ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އެ ސިޓީގައި ބޮޑުވި ފެން ހިންދުމަށް އެމްއެންޑީއެދުން ވަނީ ތިން ސަރަހައްދެއްގައި ޕަމްޕު ބަހައްޓާފަ އެވެ. އަދި މިހާރު ވެސް ބައެއް ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތިނަދޫ ގެއެއްގައި ފެންބޮޑުވެފައި -- ފޮޓޯ: ކައުންސިލް

ގޭގެއަށް ފެން ވަދެ، ތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. ކޮޓަރިތަކަށް ވެސް ފެން ވަދެ، އަލަމާރި އާއި ނިދާ އެނދަށް ވެސް ބައެއް ގޭގޭގައި ގެއްލުން ލިބިފައިވެ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ތިނަދޫގެ ބައެއް ސްކޫލުތަކުގެ ކިޔެވުން ވެސް މިއަދު ފެށީ ލަހުންނެވެ.
 
ފެންބޮޑުވި ގޭގެއާއި ތަންތަނަށް ކައުންސިލާއި ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 7531718 ނަންބަރަށް ގުޅުމަށް ވެސް ކައުންސިލުން ވަނީ އެދިފަ އެވެ.

ތިނަދޫގައި ފެންބޮޑުވި އިރު، މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރޭ ފަތިހު 4:30 އިން ހެނދުނު 9:30 އަށް ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.