ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިއަށް ދޫކުރި ލޯނު 7.2 ޕަސެންޓް މައްޗަށް

ޕްރައިވެޓް ސެކްޓަކަށް ޖުމްލަ 40,5 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ވަނީ ލޯނު ދީފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ދޫކޮށްފައިވާ 35 ބިލިއަން ރުފިޔާގެ ލޯނާ އަޅާ ކިޔާނަމަ 7.2 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ރ. ހުރުވަޅި ރިސޯޓް

ރާއްޖޭގެ ބޭންކްތަކާއި މާލީ އިދާރާތަކުން އަމިއްލަ ސިނާއަތްތަކަށް ދޫކުރި ލޯނުގެ އަދަދު 7.2 ޕަސެންޓް އިތުރު ވެއްޖެ އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޕްރައިވެޓް ސެކްޓަކަށް ޖުމްލަ 40,5 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ވަނީ ލޯނު ދީފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ދޫކޮށްފައިވާ 35 ބިލިއަން ރުފިޔާގެ ލޯނާ އަޅާ ކިޔާނަމަ 7.2 ޕަސެންޓުގެ އިތުރުވުމެކެވެ. 

މައުލޫމާތުތަކުން އެނގޭ ގޮތުގައި އަމިއްލަ ވިޔަފާރިތަކަށް ދޫކުރި ލޯނުތައް ހުރިހާ ސިނާއަތްތަކެއްގައި ވަނީ ބޮޑުތަނުން އިތުރުވެގެން ގޮސްފަ އެވެ. ޓޫރިޒަމް ސިނާއަތަށް މިދިޔަ އަހަރު 12 ބިލިއަން ރުފިޔާގެ ލޯނު ދިންއިރު މި އަހަރު މި އަދަދު ވަނީ 13 ބިލިއަން ރުފިޔާއަށް އިތުރުވެ 5.4 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި އިމާރާތް ކުރުމުގެ ސިނާއަތަށް ދޫކުރި ލޯނުގެ އަދަދު ވަނީ 7.1 ބިލިއަން ރުފިޔާއިން 7.5 ބިލިއަން ރުފިޔާއަށް އިތުރުވެ 4.7 ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. އަދި ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު ވަނީ 2.8 ބިލިއަން ރުފިޔާއިން 4.4 ބިލިއަން ރުފިޔާއަށް އިތުރުވެ ފަސް ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. 

ނަމަވެސް ކޮމާޝަލް ވިޔަފާރިތަކަށް ދިން ލޯނުގެ ނިސްބަތް ވަނީ 4.1 ބިލިއަން ރުފިޔާއިން 3.2 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އަދި މަސްވެރިކަމަށް ދޫކުރި ލޯނުވެސް ވަނީ 503.2 މިލިއަން ރުފިޔާއިން 477.7 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. 

އެކި ސިނާއަތްތަކަށް ދޫކުރި ލޯނުތައް

  •  ޓޫރިޒަމް - 13 ބިލިއަން
  •  ކޮންސްޓްރަކްޝަން - 7.5 ބިލިއަން
  •  ރިއަލްއެސްޓޭޓް - 4.4 ބިލިއަން
  •  ކޮމާޝަލް ވިޔަފާރި - 3.2 ބިލިއަން ރުފިޔާއަށް
  •  މަސްވެރިކަން - 477.7 މިލިއަން

މައުލޫމާތުތަކުން އެނގޭ ގޮތުގައި ޕްރައިވެޓް ސެކްޓަރަށް ބޭންކްތަކުން ދޭ ލޯނުގެ 33.6 ޕަސެންޓް ހިއްސާ ކުރަނީ ޓޫރިޒަމް ސެކްޓަރުންނެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 2023 ވަނަ އަހަރާ އަޅާ ކިޔާނަމަ އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ލޯނު ދަށްވެފައި ވީނަމަވެސް، ރިއަލް އެސްޓޭޓް އަދި ޓޫރިޒަމަށް ދޫކުރާ ލޯނުގެ ޢަދަދު ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.