ބައެއް ތަންތަން ބަލައި، ގިނަ އަދަދެއްގެ ވޭޕް ހޯދައިފި

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ދެ ގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖް، ނުވަ ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވެ އެވެ.

ފުލުހުން ހިންގި އެއް އޮޕަރޭޝަނުގައި އަތުލައިގަތް ސާމާނު

މިިދިޔަ ހުކުރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފި އެވެ.

ފުލުހުން ރޭ ބުނެފައި ވަނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ދެ ގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖް، ނުވަ ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވެ އެވެ. 

އަދި އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖް، ހަ ރިފިލް ކާޓްރިޖް އަދި ހަޔް ޕޮޑް ފެނިފައިވެ އެވެ. މި ދެ ގެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ފުލުހުން ހިންގި އަނެއް އޮޕަރޭޝަނުގައި އަތުލައިގަތް ސާމާނު

ފުލުހުން އިތުރަށް ބުނީ ހަމަ އެދުވަހު ހިންގި އެހެން އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާއިރު، ބަލައިފާސްކުރި ދެ ގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވެ އެވެ. 

މީގެއިތުރުން މިމައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ވަނީ ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

މިމައްސަލައާ ގުޅިގެން ވަނީ މީހަކު ޖޫރިމަނާކޮށްފަ އެވެ.

ނަމަވެސް އެއްވެސް އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.