ސްޕޭސްއެކްސް އިން ދެވަނަ ފަހަރަށް ހިއްސާ ވިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ޙިއްސާ ވިއްކުމުގެ ސަބަބުން ކުންފުނީގެ800 ބިލިއަން ޑޮލަރަށް އަރަ އެވެ.

ސްޕޭސްއެކްސް އިން އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އާއްމުންނަށ ހިއްސާ ވިއްކަން ތައްޔާރުވަމުންދާ ކަމަށް އައިޓީ ހަބަރުތައް ބުނެފި އެވެ.
އައިޓީ ހަބަރުތައް ގެނެސްދޭ، ބައެއް ވެބްސައިޓްތަކުގައިވާ ގޮތުން ދުނިޔޭގެ އެއްވަނަ ބިލިއަނަރު އިލޮން މަސްކް އިންޓަނެޓް ސެޓެލައިޓް ޚިދުމަތް ކަމަށްވާ ސްޓާލިންކް އިނީޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އަކަށް ދާން ވަނީ ތައްޔާރުވެފަ އެވެ.
މަސްކް 2020 ވަނަ އަހަރު ވިދާޅުވެފައިވަނީ، ސްޓާލިންކްގެ އާމްދަނީގެ ކުރިއެރުން ސާފުކޮށް ލަފާކުރެވޭ ހިސާބަކަށް ދިޔުމުން، ކުރިއަށް އޮތް އަހަރުތަކުގައި ސްޓާލިންކް ވަކިން ޢާންމުކުރުމަށް ރާވާފައިވާ ކަމަށެވެ.
އައިޕީއޯގެ ޚަބަރުތަކާއެކު މިކަމުގެ ކުރިން ނެރެފައިވާ މީޑިއާ ރިޕޯޓްތަކުގައި ބުނީ ސްޕޭސްއެކްސް އިން ދެވަނަ ފަހަރަށް ހިއްސާ ވިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ޙިއްސާ ވިއްކުމުގެ ސަބަބުން ކުންފުނީގެ800 ބިލިއަން ޑޮލަރަށް އަރަ އެވެ.