އިކޮނޮމިކް މިނިސްޓްރީން ބުނީ އާއްމުންނަށް މައުލޫމާތު ދޭން ކުރި އިއުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ވަނީ ލިބިފަ އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ތަންތަނުގެ ރިޕޯޓް އިކޮނޮމިކް މިނިސްޓްރީން އާއްމުންނަށް ހުށަހެޅި 125 ރިސޯޓާއެކު އިންސްޕެކްޓްކޮށް ބިދޭސީ 11 ވިޔަފާރިއެއް ބަންދުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އާއްމުންނަށް މައުލޫމާތު ދޭން ކުރި އިއުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ވަނީ ލިބިފަ އެވެ. އެގޮތުން 20 ކެފޭ އާއި 12 ރީޓެއިލް އައުޓްލެޓް އަދި ދެ ގަރާޖާއި 11 ގެސްޓްހައުސް ހިމެނޭހެން ޖުމްލަ 35 ތަނެއް އިންސްޕެކްޓް ކުރެވިފައިވެ އެވެ. އަދި 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިން ނިވާފަތްގަނޑަކަށް ބޭނުން ކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތްތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.
އިންސްޕެކްޝަންގެ މަގުސަދު - މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގްސަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި އަދި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތައް ހުއްޓުވުމާއި ޤާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމެވެ.