ސްޓެޓިސްޓިކް ބިއުރޯއިން ނެރޭ އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) ދައްކާ ގޮތުން ނޮވެމްބަރު އޮކްޓޫބަރު މަހަށްވުރެ ތަކެތީގެ އަގުތައް % 0.69 ދަށްވެފައިވާ ކަމަށް ދައްކައިފި އެވެ.

އަސާސީ މުދަލުގެ އަގަށް އައިސްފައިވާ ބަދަލު ދައްކުވައިދޭން ސްޓެޓިސްޓިކް ބިއުރޯއިން ނެރޭ އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) ދައްކާ ގޮތުން ނޮވެމްބަރު އޮކްޓޫބަރު މަހަށްވުރެ ތަކެތީގެ އަގުތައް % 0.69 ދަށްވެފައިވާ ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާއްމުކުރަން ފެށި އާސާސީ މުދަލުގެ އަގަށް އަންނަ ބަދަލު ދައްކުވައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ތަކެތީގެ އަގުތައް ވަނީ 0.69 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާނަމަ މި އަދަދު ހުރީ 0.73 ޕަސެންޓް މަތީގަ އެވެ.
ކާނާގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު މި އަހަރު އޮކްޓޯބަރު މަހާއި މިދިޔަ ނޮވެމްބަރު މަސް އަޅާކިޔާނަމަ ތަކެތީގެ އަގުތައް 1.11 ޕަސެންޓް ދަށްވެފައިވާ ކަމަށް ދައްކަ އެވެ. މިގޮތުން މިބައިން މޭވާ -4.50% ދަށްވެފައިވެ އެވެ. އަދި ކިރު، ކިރުގެ އެހެނިހެން އުފެއްދުންތައް އަދި ބިސް (-0.80% ދައްވެފައިވެ އެވެ. އަދި އަގު މަތިވެފައިވަނީ ހަކުރާއި ޖޭމް، މާމުއި، ޗޮކްލެޓް ފަދަ ބާވަތްތަކެކެވެ. މި ބާވަތްތަކުގެ އަގުތައް +0.63 ޕަސެންޓް މަތީގައި ހުރިކަން ފާހަގަ ކުރެވެ.
ބުއިންތައް ހިމެނޭ ބައިން ވަކިވަކ ބާވަތްތަކުގެ ތެރޭން ސައިފަތް ފަދަ ބާވަތްތަކުގެ އަގުތައް +1.25 ޕަސެންޓް މަތިވެފައިވެ އެވެ. އަދި ކޮފީ ހިމެނޭ ބައިގެ އަގުތައްވެސް 0.97 ޕަސެންޓް އުފުލިފައިވެ އެވެ.
އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) އަކީ އާއްމުކޮށް ގޭބިސީއެއް ބޭނުންކުރާ އަސާސީ ބާވަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލު އެނގޭ ގޮތަށް ނެރެންފެށި ލިސްޓެވެ. މީގެ އިތުރުން ދެން ނެރެނީ އިންފްލޭޝަންނެވެ. ނަމަވެސް އިންފްލޭޝަންގައި ދުންފަތް ފަދަ ބާވަތްތައް ހިމެނެ އެވެ. ދުންފަތަކީ އާއްމުކޮށް ގޭބިސީއެއްގައި ބޭނުންކުރާ ބާވަތްތަކުގެ ލިސްޓުގައި ހިމެނޭ އެއްޗެއް ނޫނެވެ.