ފަލަސްތީނު މީހުން މަރަން އިޒްރާއިލަށް ވާގިވެރިވާ ޔާސިރު މަރާލައިފި

ގާޒާގެ ތެރޭގައި އިސްރާއިލުން ގާއިމްކޮށްފައިވާ ސަރަހައްދާއި ރަފާގެ ތެރޭގައި ފޮރުވައިގެން އިޒްރާއިލުން ހިމާޔަތް ދީގެން ގެންގުޅުނު ޔާސިރު މަރާލާފައިވަނީ ހަމާސް ޖަމާއަތުން ރޭ ހިނގި ހާއްސަ އޮޕަރޭޝަނެއްގެ އެވެ.

ފަލަސްތީނު މީހުން މަރައި، ފަލަސްތީނަށް އެތެރެވާ އެހީތެ ތަކެތި ލޫޓުވުގައި އުޅުނު އިޒްރާއިލަށް ވާގިވެރިވާ ޔާސިރު އަބޫ ޝަބާބް މަރާލައިފި އެވެ 

ގާޒާގެ ތެރޭގައި އިސްރާއިލުން ގާއިމްކޮށްފައިވާ ސަރަހައްދާއި ރަފާގެ ތެރޭގައި ފޮރުވައިގެން އިޒްރާއިލުން ހިމާޔަތް ދީގެން ގެންގުޅުނު ޔާސިރު މަރާލާފައިވަނީ ހަމާސް ޖަމާއަތުން ރޭ ހިނގި ހާއްސަ އޮޕަރޭޝަނެއްގެ އެވެ. 

ހަމާސް އިން ބުނެފައިވާ ގޮތުގައި ރަފަހުގެ އިރުމަތީ ސަރަޙައްދުގައި ހިނގި ހަމަލާތަކެއްގައި ރާސިރު މަރާލާފައިވާ ކަމަށެވެ. އެކަމާމެދު އުފާފާޅު ކުރުމުގެ ގޮތުން ފަލަސްތީނުގެ ރައްޔިތުން ދަނީ ފޮނި ކާތަކެތި ބަހަމުންނެވެ. 

ޕޮޕިއުލަރ ފޯސަސް  ނުވަތަ އަބޫ ޝަބާބްގެ ޖަމާޢަތުގެ ނަމުގައި ހިންގާ ޔާސިރުގެ މި ހިނގުމާމަވެރި ޖަމާއަތުން މި ކަމާމެދު އެއްޗެއް ބުނެފައެއްނުވެ އެވެ. ނަމަވެސް އިޒްރާއިލްގެ ނޫސްތަކުން ވަނީ ޔާސިރު މަރުވެފައިވާކަން ޔަގީންކޮށްދީފަ އެވެ. 

އަބޫ ޝަބާބް އަވަހާރަވުމަކީ ޣައްޒާގައި ޙަމާސްއާ ވާދަކުރާ ވަކިވަކި ޤަބީލާތަކަށް ނުވަތަ ޖަމާޢަތްތަކަށް ތާއީދުކޮށް، ޙަމާސް ނައްތާލުމަށް އިޒްރޭލުން ގެންގުޅުނު ސިޔާސަތަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށްވާ ތަޖުރިބާކާރުން ދެކެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކުރީގައި ޙަމާސްއާ ދެކޮޅު ޢަސްކަރީ ޖަމާޢަތްތަކަށް ސަރުކާރުން އެހީތެރިވާކަން ޤަބޫލުކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.