ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް 4 ގައި ބާއްވަން އިއުލާނުކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި އިންތިހާބުގައި 226 ދާއިރާއަކުން ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރާނެ އެވެ.

އިންތިހާބެއްގައި ބަޔަކު ވޯޓްލާން ނުކުމެ ވޯޓް ލަނީ -- އީސީ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމައި، އިއުލާނުކޮށްފި އެވެ. 

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި އިންތިހާބުގައި 226 ދާއިރާއަކުން ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރާނެ އެވެ.

ގާނޫނުއަސާސީ އާއި ކަމާގުޅޭ ގާނޫނުތަކަށް ދާދި ފަހުން ގެނައި އިސްލާހުތަކާއެކު، އަތޮޅު ކައުންސިލްތައް އުވާލަން ނިންމުމާ ގުޅިގެން، އަންނަ އިންތިހާބުގައި އަތޮޅު ކައުންސިލްތަކަށް މީހުން އިންތިހާބެއް ނުކުރާނެ އެވެ. 

މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އީސީން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ މީހުންނަށް މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އީސީން ވަނީ އިއުލާނުކޮށްފަ އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ ސައިޒު ވެސް ސަރުކާރުން ވަނީ ކުޑަކޮށްފަ އެވެ.

މިގޮތުން، މި ފަހަރު 2،000 އިން ދަށުގެ އާބާދީ އޮންނަ ރަށްތަކުގައި ތިން ކައުންސިލަރުން އިންތިހާބު ކުރާއިރު، އެއަށް ވުރެ ބޮޑެތި ރަށްތަކުގައި އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.