އެ ކުންފުނިން ބުނީ މިއީ ރައީސްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދުފުޅު ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ހިމެނޭ މުހި މަސައްކަތެކެވެ

ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދެއްވާފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު މިހާރު "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނަ ގޮތް ހަދައިފި އެވެ.
އެޗްޑީސީ އިން ބުނީ މިއީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދެއްވި ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
އެ ކުންފުނިން ބުނީ މި ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދުފުޅު ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް މަސައްކަތެކެވެ.
"އެހެންކަމުން ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާ ފަރާތްތަކަށް މިހާރު ވަނީ މައި ހުޅުމާލެ ޕޯޓަލް ލިންކު ބޭނުންކުރައްވައިގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލާ، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވިފައެވެ. މިކަމުގެ ސަބަބުން ފުލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ އެވެ،" އެޗްޑީސީ އިން ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ ހިޔާ ފުލެޓުތަކުގެ އެއްބަސްވުމަށް ގެނެވުނު އިސްލާހުތަކާއި އަގަށް އައި ބަދަލުތަކުގެ ސަބަބުން، ފުލެޓު ލިބިފައިވާ ގިނަ ފަރާތްތަކަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެ އެވެ. ސަރުކާރުގެ މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ބޯހިޔާ ވަހިކަމާއި ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން ގެންދާނެއެވެ.