އައްޑޫ ސިޓީ އިން ޑްރަގުގެ "ބޮޑުންތަކެއް" ހައްޔަރު ކޮށްފި

ފުލުހުން ބުނީ މި އޮޕަރޭޝަންގެ ދަށުން އިއްޔެ އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ އިސްފަރާތެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ "އަލިމަގު" އޮޕަރޭޝަންގައި އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ "ބޮޑުންތަކެއް" އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގެ ދަށުން އިއްޔެ އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ އިސްފަރާތްތަކެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހުންނަށް އަމާޒުކޮށް، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަން ފަށާފައި ވަނީ މި އަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ.

މި ނެޓްވޯކުގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އަދި ފާއިތުވި ފަސް އަހަރު މި ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ބުނިއިރު، ހައްޔަރު ކުރި މީހާގެ ވަނަވަރު އާންމުކޮށްފައެއް ނުވެ އެވެ.

އަލިމަގު އޮޕަރޭޝަން ފުލުހުން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. މިހާތަނަށް ފުލުހުން އާންމު ކުރި މައުލޫމާތުގައި، މި އޮޕަރޭޝަނުގައި 110 މީހުން ހައްޔަރު ކޮށްފައިވާއިރު، 23 މިލިއަން ރުފިޔާއަށް އަރާ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.