ޖަޕާނު ސަފީރަކަށް މަހުލޫފު އައްޔަނު ކުރައްވައިފި

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަހުލޫފަށް މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަހުލޫފަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވަނީ

ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް، ދާދި އިހަކަށް ދުވަހު ވެރިކަން ކުރާ ޕީއެންސީ އާ ގުޅިވަޑައިގެންނެވި، އަހުމަދު މަހްލޫފް އައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަހުލޫފަށް މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަހްލޫފް ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގެންނެވީ، ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، މިދިޔަ މަހުގެ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގަ އެވެ.

ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފް އައްޔަނުކުރަން ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީން ދިރާސާ ކުރުމަށްފަހު ނިންމީ މަހުލޫފަށް ރުހުން ދޭށެވެ.

ކޮމެޓީން ނިންމި ގޮތަށް، އިއްޔެ ބޭއްވި މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާގައި، މަހުލޫފު އެ މަގާމަށް އައްޔަނު ކުރަން ރުހުން ދިނީ 60 މެންބަރުންގެ ވޯޓުންނެވެ.

މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އިސްތިއުފާ ދެއްވި ސަބަބު މަހްލޫފް ހާމަކުރައްވާފައިނުވިޔަސް، އޭރު ވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް އިވުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.