ބީކައިންޑްގެ މި ރިސޯޓުގެ ފަލްސަފާއަކީ ތިމާވެށި ހިމާޔަތްކުރުމާއެކު ލޯކަލް ކޮމިއުނިޓީއަށް ބާރުވެރި ކުރުވުމެވެ. މި ރިސޯޓު ހުރިހާ ވަސީލަތްތަކެއްވެސް ވަނީ އެކްޓިވް ލަގްޒަރީ ތީމްގަ އެވެ. މިއީ ފަސް ތަރީގެ ޕްރިމިއަމް އޯލް-އިންކްލޫސިވް ރިސޯޓެކެވެ.

ފަސް ތަރީގެ ޕްރިމިއަމް އޯލް-އިންކްލޫސިވް ރިސޯޓެއް ކަމަށްވާ ޅ. މޭއްޔަފުށި މޯލްޑިވްސްއަކީ ހާއްސަ ރިސޯޓެކެވެ. މި ރިސޯޓް ހާއްސަވާ ގިނަ ސަބަބުތަކެއް ހިމެނެ އެވެ. މީގެެތޭގައި އެންމެ ހާއްސަކަމެއް ދެވިފައިވަނީ ކުޅިވަރުގެ ވަސީލަތްތަކަށް މި ރިސޯޓުން ގެނެސްފައިވާ އިންގިލާބީ ބަދަލެވެ. ރާއްޖެ ހާއްސަކޮށް ބާއްވަން ދިވެހި މެނޭޖުމަންޓަކުން ހިންގާ މޭއްޔަފުށި މޯލްޑިވްސް އިން މިވަނީ ދުނިޔޭގެ ފުރަތަމަ އޯވަވޯޓާ ޕެޑެލް ކޯޓް ހުޅުވާލާފަ އެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސޮފްޓް އޯޕެނިންގެ ގޮތުގައި ހިދުމަތް ފަށާފައިވާ ޅ. މޭއްޔަފުށި ރިސޯޓުގެ މޫދުގައި ހަދާފައިވާ މި ކޯޓުގައި ކުޅެން ތިބޭއިރު ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރު ވަށައިގެން ފެންނާނެ އެވެ. ރާއްޖޭގެ އުދަރެހުން އިރު ތިރިވެގެން އިރުއޮއްސެން އަންނައިރު ފެންނަ ރީތި މަންޒަރުތައް ތަޖުރިބާކޮށްލަން މެހުމާނުންނަށް ފުރުސަތު ލިބިގެންދެ އެވެ.
މޭއްޔަފުށި މޯލްޑިވްސްއަކީ މެހެމާނުންނަށް ޕްރިމިއަމް އޯލް-އިންކްލޫސިވް ތަޖުރިބާ ތަކެއް ދޭ ރިސޯޓެކެވެ. މިތަނުގައި ހޭދަކުރާ ޗުއްޓީގައި އެއް ގަޑި އިރަށް ހިލޭ ޕެޑެލް ޓެނިސް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން މި ކޯޓް ތަރައްގީކޮށްފައިވާ ސަރަހައްދުގެ ސަބަބުން މި ކުޅިވަރުގެ އެންމެ ޕްރޯ ކުޅުންތެރިންނަށް ވެސް ތަމްރީންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މޭއްޔަފުށި ހިންގާ ބީކައިންޑް ހޮޓެލްސް އެންޑް ރިޒޯޓްސްގެ ކްލަސްޓާ ޖެނެރަލް މެނޭޖަރު އަހްމަދު ސިޔާރު ވިދާޅުވީ ޕެޑެލް ޓެނިސް އަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ އެއް ކުޅިވަރު ކަމަށާއި، އެ ކުންފުނީގެ މަގުސަދަކީ ރާއްޖޭގެ ހިތްގައުމު މާހައުލުގައި މި ކުޅިވަރު ކުޅެގެން އެކެޓިވް ލަގްޒަރީ ލައިފް ސްޓައިލެއް ތަޖުރިބާކޮށްލަން ފުރުސަތު ފަހި ކުރުމެވެ.
އޯވާ ޕެޑަލް ކޯޓާއެކު މޭއްޔަފުށި ހާއްސަ ވެގެންދާއިރު، މީގެ އިތުރުން ރިޒޯޓްގައި އަންޑަ ވޯޓާ ޑައިނިން ރެސްޓޯރެންޓެއްގެ އިތުރުން އޯވަވޯޓާ ކެފޭ އަދި ސުލައިޑް ހިމެނޭ ވޯޓަ ޕޫލް ސުއީޓްސްތައްވެސް ހިމެނެ އެވެ. މީގެ އިތުރުން މިނީ ބޯލިން ލޭން އަދި ބޮޑެތި މީހުންނަށް ޚާއްސަ ގްލާސް-ބޮޓަމް އިންފިނިޓީ ޕޫލްތައްވެސް ހިމެނެ އެވެ. މީގެ ކޮންމެ ތަނެއް ވެސް ޑިޒައިންކޮށްފައިވަނީ ޓޫރިސްޓުންނަށް ހިތްގައިމު ތަޖުރިބާއެއް އެމީހުންގެ ހަށިގަނޑާއި ނަފްސަށް ލިބިދޭނެ ގޮތަކަށެވެ.