ހަތަރު ޖަނަރޭޓަރު ބޭނުންކޮށްގެން، ހުރިހާ ހިސާބަކަށް ރޭ ދަންވަރު 12:00 ޖަހަން އުޅެނިކޮށް ކަރަންޓު އަލުން ދީފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

ލ. ގަމު ފެނަކަ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު، ރޭގެ ވަގުތެއްގައި ހުރިހާ ހިސާބުތަކަށް އަލުން ކަރަންޓުގެ ހިދުމަތް ދެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އިއްޔެ މެންދުރު 2:45 ހާއިރު ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ 3:50 ހާއިރު އެވެ.
ފުލުހުން ބުނީ އިންޖީނުގޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި، އެތަނުގައި ހުރި އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
ގަމުގައި ފެނަކައިގެ ފަސް ޖަނަރޭޓަރު ހުންނައިރު، އަނެއް ހަތަރު ޖަނަރޭޓަރު ބޭނުންކޮށްގެން، ހުރިހާ ހިސާބަކަށް ރޭ ދަންވަރު 12:00 ޖަހަން އުޅެނިކޮށް ކަރަންޓު އަލުން ދީފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ.