ފުލުހުން ބުނީ އިންޖީނުގޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި، އެތަނުގައި ހުރި އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

މިއަދު މެންދުރު 2:45 ހާއިރު ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ 15:50 ހާއިރު އެވެ.
ފުލުހުން ބުނީ އިންޖީނުގޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި، އެތަނުގައި ހުރި އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ފުލުހުންނާއި ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ.