ގައުމީ ޝިޕިންގެ ބޯޓު 14 ކޮންޓެއިނަރުގެ މަސް ދަޅާއެކު ލަންކާއަށް

ގައުމީ ޝިޕިން އޮޕަރޭޓް ކުރާ އެސްޓީއޯ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެމްއެސްއެސްގެ ބޯޓު ފެލިވަރުން މަސް ކޮންޓެއިނަރުތައް ބަރުކޮށްގެން ލަންކާ އަށް މިހާރު ވަނީ ފުރާފަ އެވެ. މި ބޯޓުގައި 25،000 މަސްދަޅު ހިމެނެ އެވެ. މިއީ 14 ކޮންޓައިނާ އެވެ.

ގައުމީ ޝިޕިންގެ ބޯޓަށް މަސް ކޮންޓެއިނަރުތައް އަރުވަން ފެލިވަރުން ގެންދަނީ --- އެސްޓީއޯ

ދިވެހި ސަރުކާރުން ސްރީލަންކާގެ ރައްޔިތުންނަށް ދޭން ވައުދުވި މަސް ދަޅު ކޭސްތައް ހިފައިގެން މޯލްޑިވްސް ނޭޝަނަލް ޝިޕިންގެ ބޯޓު ސްރީލަންކާ އަށް ފުރައިފި އެވެ. 

ގައުމީ ޝިޕިން އޮޕަރޭޓް ކުރާ އެސްޓީއޯ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެމްއެސްއެސްގެ ބޯޓު ފެލިވަރުން މަސް ކޮންޓެއިނަރުތައް ބަރުކޮށްގެން ލަންކާ އަށް މިހާރު ވަނީ ފުރާފަ އެވެ. މި ބޯޓުގައި 25،000 މަސްދަޅު ހިމެނެ އެވެ. މިއީ 20 ފޫޓުގ 14 ކޮންޓައިނަރުގެ މަހެވެ. 

ލަންކާއަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރާއި 25،000 މަސްދަޅު މިހާރު ވަނީ އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފަ އެވެ. އަދި ރާއްޖޭގައި ހިންގި ޓެލެތޯނުން ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.

ބޭ އޮފް ބެންގާލްގައި އުފެދުނު ބާރުގަދަ ތޫފާން، ތޫފާން ޑިޓުވާގައި ސްރީލަންކާއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ހިނގި އެކި ހާދިސާތަކުގައި އެ ގައުމުގެ 410 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ވަނީ ބުނެފަ އެވެ.

މި ހާދިސާގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ އެ ގައުމުގެ އައްސޭރިފަށުގައި ހުރި ސަރަހައްދުތަކަށެވެ. ދިވެހިން އެންމެ ގިނައިން ގޮސްއުޅޭ ކޭންޑީ ސަރަހައްދަށް ވެސް ބޮޑެތި ގެއްލިންތައްވެ، 88 މީހުން މަރުވެފައިވާއިރު 150 މީހުން ވަނީ ގެއްލިފަ އެވެ. ޖުމްލަ މި ހާދިސާގައި މިހާތަނަށް 366 މީހުން ގެއްލިފައިވާ ކަމަށް ޑީއެމްސީން ބުނެފައިވެ އެވެ. 

މި ތޫފާނުގެ ސަބަބުން ލަންކާގެ 25 ހިސާބަކުން 1.4 މީލިއަން މީހުންނަށް ގެއްލުން ވެފައިވާ ކަމަށް ޑީއެމްސީން ރިޕޯޓުކޮށްފައިވެ އެވެ.

ފަހުގެ ތާރީހެއްގައި މި ސަރަހައްދަށް ދިމާވި އެންމެ ބޮޑު ގުދުރަތީ މި ކާރިސާގައި ލަންކާގެ 20،000 އެއްހާ ގެ ވަނީ ނޫޅެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި 60،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.