އެޗްއާރުސީއެމްގެ މެމްބަރުކަމަށް، އެގްރިކަލްޗަރަލް މިނިސްޓަރުކަމަށް މި ސަރުކާރުގައި އައްޔަން ކުރެއްވި ފުރަތަމަ ވަޒީރު ޑރ. ރަމީލާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

ހިއުމަން ރައިޓަސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް، ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަމީލާއަށް މެންބަރު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. މުހައްމަދު އިބްރާހީމެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް، އެގްރިކަލްޗަރަލް މިނިސްޓަރުކަމަށް މި ސަރުކާރުގައި އައްޔަން ކުރެއްވި ފުރަތަމަ ވަޒީރު ޑރ. ރަމީލާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
އެޗްއާރުސީއެމަށް ރަމީލާ އައްޔަނު ކުރެއްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ.
ޑރ. ރަމީލާގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.