12 އަހަރުގެ ދިރާސާ | ބޭންކިން ސިނާއަތް ފުޅާވެ، ޖަމާ ބޮޑުތަކުން މައްޗަށް

ބޭންކުގެ ޖަމާ 2012 ވަނަ އަހަރު ހުރީ 17,9 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް 2024 ވަނަ އަހަރު މި އަދަދު ވަނީ 52.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ގައުމީ ބޭންކުގެ އޭޓީއެމް އިން ފައިސާ ނަގަނީ -- ބީއެމްއެލް

މިދިޔަ 12 އަހަރުތެރޭ ރާއްޖޭގެ ބޭންކިން ސިނާއަތް ބޮޑުތަނުން އިތުރުވެ، ބޭންކް އެކައުންޓް ހުޅުވާ މީހުންނާއި ފައިސާ ޖަމާކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ އެވެ. 

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހަދާ ފައިނޭންޝަލް އެކްސެސް ސާވޭ ދައްކާ ގޮތުން 2012 އިން 2024 ހަދާފައިވާ ސާވޭ ދައްކާ ގޮތުން 2012 ވަނަ އަހަރު ބޭންކްތަކަށް ޑިޕޮސިޓްކުރި މީހުންގެ އަދަދު ހުރީ 305,635 ގަ އެވެ. ނަމަވެސް މި އަދަދު 2024 ވަނަ އަހަރު ވަނީ 821,699 އަށް އިތުރުވެފަ އެވެ. މިއީ 2.7 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި ދިރާސާ ދައްކާ ގޮތުން 2012 ވަނަ އަހަރު ބޭންކްތަކުގައި ހުޅުވާފައިވަނީ 334,572 އެކައުންޓެވެ. ނަމަވެސް މި އަދަދު 2024 ވަނަ އަހަރު ވަނީ 892,839 އަށް އިތުރުވެފަ އެވެ. މިއީ 37 ޕަސެންޓްގެ އިތުރުވުމެވެ. 

މި މުއްދަތުގައި ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 2.95 ޕަސެންޓް އިތުރުވެފަ އެވެ. މި އަދަދު 2012 ވަނަ އަހަރު ހުރީ 17,9 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް 2024 ވަނަ އަހަރު މި އަދަދު ވަނީ 52.9 ބިލިއަން ރުފިޔާއަށް މަތިވެފަ އެވެ. 

މި ސާވޭގެ އެހެން ނަމްބަރުތައް

  •  ޖުމްލަ ލޯނު ނެގި އެކައުންޓުގެ އަދަދު - 2012 ވަނަ އަހަރު 41,256.0 | 2024 ވަނަ އަހަރު 231,859

މި މުއްދަތުގައި އޭޓީއެމްގެ އަދަދާއި ބޭންކްތަކުގެ އަދަދުވެސް ވަނީ ބޮޑުތަކުން އިތުރުވެފަ އެވެ. މިގޮތުން 2012 ވަނަ އަހަރު ރާއްޖޭގަ ހުރީ 27 ބޭންކް ބްރާންޗެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ވަނީ 53 އަށް އިތުރުވެފަ އެވެ. ހަމަމިއާއެކު އޭޓީއެމްގެ އަދަދުވެސް ވަނީ 58 އިން 215 އަށް އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.