ޕްލާސްޓިލް ކުދި ފެންފުޅި މަނާ ކުރާ ތާރީހު އަނެއްކާ ވެސް ފަސްކޮށްފި

ކުރިން އެ ސައިޒުގެ ފެންފުޅި މަނާވާނެ ކަމަށް ކަނޑައަޅުއްވާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މި ގަރާރާއެކު އެ ސައިޒުގެ ފެންފުޅި ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2028 އިން ފެށިގެންނެވެ.

ޕްލާސްޓިކް ފެންފުޅިތަކެއް --

ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ހިމެނޭ ލިސްޓުގައި މިހާރު މަނާނުކޮށް އޮތް ބާވަތް ކަމަށްވާ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028 ވަނަ އަރަށް ފަސްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި އިއްޔެ ނެރުނު ގަރާރުގައި ވިދާޅުވީ، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށް، ރާއްޖެ އަށް އެތެރެ ކުރުމާއި ރާއްޖޭގައި އުފެއްދުން މަނާ ކުރުން ތަންފީޒު ކުރުން ފަސްކޮށްފައިވާ ކަމަށެވެ.

ކުރިން އެ ސައިޒުގެ ފެންފުޅި މަނާވާނެ ކަމަށް ކަނޑައަޅުއްވާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މި ގަރާރާއެކު އެ ސައިޒުގެ ފެންފުޅި ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2028 އިން ފެށިގެންނެވެ.

މިއީ މި ސައިޒުގެ ފެންފުޅި މަނާވާ ތާރީހު ފަސްކުރި ތިންވަނަ ފަހަރެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި އެތެރެ ކުރުން، އަދި ވިއްކުން މަނާ ކުރުމަށް ލިސްޓެއް އެކުލަވައިލީ ކުރީ ސަރުކާރުންނެވެ. އެ ލިސްޓުގައި ކަނޑައަޅާފައިވާ 14 ބާވަތުގެ ތެރެއިން 13 ބާވަތް މިހާރު ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ޕްލާސްޓިކް ހޮޅި، އޫ، ސަމުސާ ފަދަ ތަކެތި ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.