ރާއްޖޭން ދޭން ނިންމި 50،000 ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި

މި ފައިސާގެ އެހީގެ އިތުރުން، 25،000 މަސްދަޅު ކޭސް ލަންކާއަށް ހަދިޔާކުރަން ވެސް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރާއްޖޭން ހަދިޔާކުރި 50،000 ޑޮލަރު މިއަދު ލަންކާ ސަރުކާރާ ރަސްމީކޮށް ހަވާލުކުރަނީ. --ފޮޓޯ: ލަންކާ ފޮރިން މިނިސްޓްރީ

އަވައްޓެރި ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާނު 'ދީތުވާ'ގެ ސަބަބުން ލިބުނު ގެއްލުންތަކަށް އެހީވާން، ރާއްޖޭން ދޭން ނިންމި 50،000 އެމެރިކާ ޑޮލަރު، ލަންކާ ސަރުކާރާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ.

ފައިސާގެ އެހީއާ ހަވާލުވެވަޑައިގަތުމަށް ފަހު، ލަންކާގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި އުނދަގޫ އަދި ނާޒުކު ހާލަތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ. އަދި އެ އެހީއަކީ ދެ ގައުމުގެ ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފައިސާގެ އެހީގެ އިތުރުން، 25،000 މަސްދަޅު ކޭސް ލަންކާއަށް ހަދިޔާކުރަން ވެސް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

ލަންކާ އަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން 50،000 ޑޮލަރު މިއަދު ހަދިޔާކުރިއިރު، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.