
ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ 4،000 ފްލެޓު ހަވާލުކޮށް ނިންމަން ކަނޑައަޅާފައިވާ ތާރީހު ފަސްކޮށް، އާ ތާރީހުތަކެއް އެ ކުންފުނިން މިއަދު އިއުލާނުކޮށްފި އެވެ.
ފްލެޓުތައް ނިމޭވަރަކުން ހަވާލުކުރާ ގޮތަށް، މިދިޔަ އޮކްޓޯބަރު މަހު ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށެވެ.
އެފްޑީސީން ކުރިން ބުނެފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް އެ ޓަވަރަކުން ފްލެޓުތައް އެންމެންނަށް ހަވާލުކޮށް ނިމޭނެ އެވެ. ނަމަވެސް މިހާރު އައިސްފައިވާ ބަދަލާ އެކު ފްލެޓުތައް ދީ ނިމޭނީ ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކަމަށް މިހާރު ވަނީ ބުނެފަ އެވެ.