ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ވަޒީފާއިން އެނގެނީ މުޖުތަމައުގެ ބައިވެރިވުން

އެޗްޑީސީ އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާ ދީފަ އެވެ. އެ ކުންފުނީގައި މިހާރުވެސް ގިނަ އަދަދެއްގެ ނުކުޅެދުންތެރިކަން ހުންނަ ބަޔަކު ވަޒީފާ އަދާކުރެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރު

ނުކުޅެދުންތެރިކަން ފަރާތްތަކަށް ދޭ ވަޒީފާއަކީ މުޖުތަމައުގެ ބައިވެރިވުން ދައްކުވައިދޭ މުހިންމުކަމެއް ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ޢަލީ ޒުހައިރު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ އެ ފަރާތްތައް ބާރުވެރިކުވުމުގެ ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތްތަަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ޒުހައިރު ވިދާޅުވީ މި ވަޒީފާގެ ސަބަބުން މި ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. 

"މި ވަޒީފާތަކުގެ ބޭނުމަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ގާއިމް ކުރުން. ވަޒީފާއަކީ އެ ފަރާތްތަކަށް ލިބިދޭ ފައިދާއެއް ނޫން ހަމައެކަނި. މި ފަރާތްތައް ވަޒީފާ އަށް ވަނުމުން އާ ހިޔާލްތަކާއި އުފެއްދުންތަކެއް އިތުރު ވެގެންދާނެ،" ކުރިން ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޒުހައިރު ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވި ގޮތުގައި މިހާރު ވެސް ގިނަ އަދަދެއްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެއް އެ ކުންފުނީގެ ވަޒީފާތަކުގައި ހަރަކާތެރިވަމުންދާ ކަމަށާ ވަޒީފާ ދިނުމުގައި އެހެން ފަރާތްތަކާ އެއްވެސް ފަރަގެއް ނުގެންގުޅޭކަންވެސް ފާހަގަ ކުރަން ބޭނުންވާ ކަމަށެވެ. 

"މިއަދު ވެބްސައިޓްގައި އިންކްލޫސިވް ފީޗާތައް އިތުރުމިއީ، މިއީ ހުޅުމާލެއަކީ ހުރިހާ ފަންތިއެއްގެ އެންމެން ގުޅޭ ހިތްފަސޭހަ އަމާން ވެއްޓަކަށް ހަދަން ކުރާ މަސައްކަތުގެ ބޮޅެއް،" ޒުހައިރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.