ފުވައްމުލަކު ސަޕްލައި ފެނަށް މައްސަލަ ދިމާވުމުން މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި

"މިކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލަކު ސިޓީގެ ފެނަށް ބިލު ނުކުރާގޮތަށް ނިންމާފައިވާ ވާހަކަ ދަންނަވަން،"އެ ބަޔާނުގައިވެ އެވެ.

ފުވައްމުލައް ސިޓީ: މިދިޔަ މަހުގެ ފެނަށް ބިލު ނުކުރަން ވަނީ ނިންމާފައި --

ފުވައްމުލަކު ސިޓީގެ ސަޕްލައި ފެނުގެ ނިޒާމަށް ދިމާވި މައްސަލަތަކުގެ ސަބަބުން އެކި ދަތިތައް ދިމާވެފައިވާތީ، އެ ސިޓީގެ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ނޮވެމްބަރު މަހު ފެނަށް ބިލު ނުކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލަކު ސިޓީގެ ފެނުގެ ނެޓްވޯގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި، ފެނުގެ ޕްރެޝަރު ދަށްވުންފަދަ ކަންކަން މެދުވެރިވެފައިވާ ކަމަށެވެ.

އެ ސިޓިގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ރަގަޅު ފެންވަރެއްގައި ފެނުގެ ހިދުމަތް ދިނުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

"މިކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލަކު ސިޓީގެ ފެނަށް ބިލު ނުކުރާގޮތަށް ނިންމާފައިވާ ވާހަކަ ދަންނަވަން،"އެ ބަޔާނުގައިވެ އެވެ.

މިދިޔަ މަހު ފުވައްމުލަކުން ފެން ކަނޑާލާފައި ވަނީ ބޭނުން ކުރެވޭ ވަރަށްވުރެ ފެން ތަޣައްޔަރުވުމުގެ ސަބަބުން ފެން ބޭނުން ކުރަން ރައްކާތެރި ނޫން ވީމަ އެވެ. ފަހުން މައްސަލަ ހައްލުކޮށް، ސާމްޕަލް ހެދުމަށްފަހު އަލުން ފެން ވަނީ ދޫކޮށްފަ އެވެ. ނަމަވެސް އެ ފަހުން ވެސް ނުތާހިރު ފެން ލިބެމުން ދިޔަ ކަމުގެ ޝަކުވާ ބައެއް އާންމުން ވަނީ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.