ޕީއެސްއެމްގެ ބޯޑު މީޓިންއެއްގައި ނަސްރީން އިސްތިއުފާ ދެއްވި ނަސްރީން، ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ މިހަފްތާ އެވެ. އޭނާ ވަނީ އިއްޔެ އެ ވަޒީފާއަށް ނުކުންނަން ފަށައިފަ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނު ކޮށްފި އެވެ.
ޕީއެސްއެމްގެ ބޯޑު މީޓިންއެއްގައި ނަސްރީން އިސްތިއުފާ ދެއްވި ނަސްރީން، ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ މިހަފްތާ އެވެ. އޭނާ ވަނީ އިއްޔެ އެ ވަޒީފާއަށް ނުކުންނަން ފަށައިފަ އެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަނު ކުރެއްވީ ޑިސެމްބަރު 23، 2024 ގައެވެ. އޭނާ ވަނީ އޭގެ ކުރިން ދައުލަތުގެ މީޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު ކަމާއި، އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. އެމްޑީގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ހުންނެވީ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
ނަސްރީންއަކީ ޔޫތު މިނިސްޓްރީއަށް އައްޔަން ކުރި ފަސް ވަނަ ޑެޕިއުޓީ މިނިސްޓަރެވެ. އެ މަގާމުގައި ނަސްރީނާއެކު ހަތަރު ބޭފުޅަކު އިތުރަށް އެބަ ތިއްބެވެ. އެއީ އަލީ އާމިރާއި، ފާތުމަތި ޒިޔާދާގެ އިތުރުން މުހައްމަދު އަސީލް އަދި އިބްރާހިމް އަލީ އެވެ.
މި ސަރުކާރުން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީނުގެ ކުރިން ދެ ބޭފުޅަކު ހަމަޖެއްސި އެވެ. އެންމެ ފުރަތަމަ އައްޔަން ކުރި ޒީނާ ޒާހިރެވެ. އޭނާ އިސްތިއުފާ ދެއްވުމުން ދެ ވަނައަށް އައްޔަން ކުރީ މުހައްމަދު ސައީދެވެ. ނަސްރީނު އައްޔަނު ކުރެއްވީ ސައީދު އިސްތިއުފާ ދެއްވުމުންނެވެ.