ސައުދީގެ މި ވަފްދާ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކާ ބެހޭ މައުލޫމާތު ހިއްސާކުރަން، ހާއްސަ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަން އެނގިފައި ވެ އެވެ.

ރާއްޖޭގައި އިންވެސްޓުމަންޓުތައް ފުޅާކުރުމާމެދު މަޝްވަރާކުރަން ސައުދީ އަރަބިއްޔާގެ އިސް ވަފްދެއް ރާއްޖެއަށް ވަޑައިގެންފި އެވެ.
ސައުދީގެ ޑެޕިޔުޓީ އިންވެސްޓްމަންޓު މިނިސްޓަރު ސާރާ އަލް ސައީދު އިސްކޮށް ހުންނެވި އެ ވަފްދު އިއްޔެ ރާއްޖެއަށް ވަޑައިގެންނެވުމުން ވެލާނާ އެއާޕޯޓުން މަރުހަބާ ވިދާޅުވެފައިވަނީ ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރުގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.
ސައުދީ ބޮޑެތި ބައެއް ވިޔަފާރިވެރިން ހިމެނޭ ވަފްދުން، ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާމެދު ދިވެހި ސަރުކާރާ އެކު މުހިންމު މަޝްވަރާތައް ކުރާނެކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުންޏެވެ.
ސައުދީގެ މި ވަފްދާ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކާ ބެހޭ މައުލޫމާތު ހިއްސާކުރަން، ހާއްސަ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަން އެނގިފައި ވެ އެވެ.