ރަސްމާލެ ހިއްކުން ވަރުގަދަކޮށް، ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު

މިއީ ގާތްގަނޑަކަށް ފުޓްބޯޅަ ދަނޑެއްގެ ޖާގައިގެ ސަރަހައްދަކަށް އެއްފަހަރާ ހަ މީޓަރުގެ އުސްމިނަށް ވެލި އެޅުމުގެ ކެޕޭސިޓީ ހުރި އުޅަނދެކެވެ. އަދި މިއީ 155 މީޓަރު ފުނުން ވެލި ނެގުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެެވެ.

ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ކައިރީގައި

ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަލުވި ކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕާ ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެކްސްގައި ވިދާޅުވި ގޮތުގައި ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕާ ޑްރޭޖަރު މިހާރު ދަނީ ބޭނުން ކުރަމުންނެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕާ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ.

ކްރިސްޓޮބަލް ކޮލޮންގެ ކެޕޭސިޓީ - މިއީ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ލިސްޓުގައި ހިމެނޭ ބިޔަ އުޅަނދެކެވެ. ހޮޕާ ކެޕޭސިޓީ 46،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ އުޅަނދެކެވެ. މިއީ، އެއްފަހަރާ ބަނދަރުކޮށްގެން ވެލި ނަގާ ޓްރެޖަރެކެވެ. މިއީ ގާތްގަނޑަކަށް ފުޓްބޯޅަ ދަނޑެއްގެ ޖާގައިގެ ސަރަހައްދަކަށް އެއްފަހަރާ ހަ މީޓަރުގެ އުސްމިނަށް ވެލި އެޅުމުގެ ކެޕޭސިޓީ ހުރި އުޅަނދެކެވެ. އަދި މިއީ 155 މީޓަރު ފުނުން ވެލި ނެގުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެެވެ. މި ކުންފުނިން ހިންގާފައިވާ ބިޔަ މަޝްރޫއުތަކުގެ ނައިޖީރިއާ، ޑެންގޯޓޭ ރިފައިނަރީ މަޝްރޫއާއި ޔޫއޭއީ، ދުބާއީ ވޯޓާ ފްރަންޓް އަދި ކެނެޑާ، ނިއުފައުންޑްލޭންޑުގައި މަޝްރޫއު ހިންގާފައިވެ އެވެ. 

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތައް އަވަސްކުރެއްވުމަށް ބިޔަ ގްރެޖަރުތަކެއް ވަނީ ގެނެސްފަ އެވެ. އޭގެތެރެއިން 2 ޑްރެޖަރެއް ގެނެސް ވަނީ މަސައްކަތް ހަލުވިކޮށްފަ އެވެ. 

މާލޭ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ ހިއްކުން އަވަސް ކުރުމަށް އަންނަ މަސްތެރޭގައި ބޮޑު ޑްރެޖަރެއް ގެންނާނެ ކަމަށެވެ. ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކަން އިއްޔެ ގެނައި ޑްރެޖަރަށްވުރެ، ރަސްމާލެ ހިއްކަން ގެންނަ ޑްރެޖަރު މާ ބޮޑުވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

"ރަސްމާލެ ހިއްކާ ނިމޭނެ އަންނަ މާޗު ނުވަތަ އޭޕްރީލް މަހާ ހިސާބަށް. އެއީ ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް. އެ ތަނުން ޖުމްލަ 25000 ގޯތި ދޫކުރާނެ. ފުރަތަމަ ބުރުގައި 15000 ދިނުމަށް މިހާރު ވާނީ އިއުލާނު ކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސްމަހެއްހާ ދުވަހުގެ ތެރޭ ރަސްމާލެއިން، މާލޭ ރަށްވެހިންނަށް 15،000 ގޯތި ދޫކުރަން ހުޅުވައިލައި، 7000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.