އެސްޓީއޯއިން ހޯލްސޭލަރުންނަށް ބޮޑު ލުޔެއް | ބަނދަރު މައްޗަށް ހޯލްސޭލް ސެންޓަރެއް

ގަނޑުކޮށް މުދާ ވިއްކަން އެސްޓީއޯގެ 'އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރު 2" ހުޅުވީ ބަނދަރު މަލޭ ނޯތު ހާބަރު ގޭޓް ކުރިމައްޗަށްވާ ގޮތަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރު ދޭއް -- އެސްޓީއޯ

ކެއިން ބުއިމުގެ އާސާސީ ލިސްޓު ސަރުކާރުން ދިގުކޮށްލީ މިދިޔަ އޮކްޓޫބަރު 15 އިން ފެށިގެންނެވެ. މި ބަދަލު ގެނައީ 60 އަހަރަށްފަހު އެވެ. މިދިޔަ އޮކްޓޫބަރު 15 ވަނަ ދުވަހާ ހަމައަށް މި ލިސްޓުގައި އޮތީ ހަމައެކަނި ހަނޑޫ، ހަކުރު އަދި ފުށެވެ. ނަމަވެސް މިހާރު 23 ބާވަތެއް ހިމެނެ އެވެ. ނަމަވެސް އެސްޓީއޯ ކަސްޓަމަރުންނަށް އެ ދުވަހުން ފެށިގެން ބޭނުންވީ މި ތަކެތި ފަސޭހައިން ގަނޑުކޮށް ލިބުމެވެ. 

އެސްޓީއޯއިން މިވަނީ މިއަދުން ފެށިގެން އެކަން ވެސް ފުރިހަމަކޮށްދީފަ އެވެ. އެއީ 'އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރު 2" ގެ ނަމުގައި ބަނދަރު މަތީގަައި ހުޅުވި ފިހާރައިންނެވެ. ކުރިން ހޯމް އިމްޕްރޫވްމަންޓް، މަލޭ ނޯތު ހާބަރު ގޭޓް ސަރަހައްދުގެ ކުރިމަތީގައި ހުޅުވި މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމާއި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މިތަކެތި ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މި ފިހާރަ ހުޅުވިގެން ދިއުމާއި އެކު، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެއެވެ. އެގޮތުން މި ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ހަމަ ޖެހިގެންދާނެއެވެ. މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތަށް ވިއްކޭނޭކަމުގެ ޔަގީންކަންލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެ އެވެ.

ފިހާރަ ހުޅުވިފައި ހުންނަ ގަޑިތައް

  •  ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއް
  •  ހެނދުނު: 08:30 – 12:00 އަށް
  •  މެންދުރު: 13:00 – 17:00 އަށް


އެސްޓިއޯގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް، އެސްޓީއޯގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުން، ގްރޭޓަރ މާލޭ އޭރިއާގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓިއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިއާއިއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއި އެކު އެސްޓިއޯއިން ވިއްކާ މުދާތައް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.